ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު މޮރިޝަސް އަށް ދޫކޮށްލި ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރާއި އޭނާގެ ބައެއް ބައިވެރީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަކައި ނުގަތް ކަމަށް ޢުމަރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމިނިންމުން، ފަޑިޔާރުންގެ މަޖްލީހުގައި އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. "އަންނަ ހަފްތާގައި ސްޕްރީމް ކޯޓަށް އަލުން މިމައްސަލަ ހުށަހެޅޭނެއެވެ." ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވެފައިވަނީ "ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނު ނަންބަރު: 6/96 "ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ގާނޫނު" އަދި ހަމައެހެންމެ ރާއްްޖެެ ސޮއިކޮށްފައިވާ "އިންޓަނޭޝަނަލް ލޯ އޮފް ދަ ސީ" މުޢަހަދާ އާއި، އަދި ރައްޔިތުންގެ މަޖްލިސްގެ ލަފައެއްވެސް ހޯދުމަކާއިނުލައި، ޣައިރު ދުސްތޫރީ ގޮތަކަށް ދިވެހި ރައްޔިތުންގެ އާންމު މަސްލަހަތު އިންތިހާއަށް އޮތްކަމެއްގައި، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު" ސަރުކާރުން ވަނީ މޮރިޝަސް އަށް ދޫކޮށްފައި ކަމަށެެވެ. އެހެންނަމަވެސް މިކަން ސަރުކާރުން ދޮގުކުރައްވައެވެ. ސަރުކާރުން ވިދާޅުވެފައިވަނީ އެ މައްސަލާގައި ރާއްޖެއަށް އެއްވެސްް ބައެއް ނުގެއްލޭ ކަމަށެވެ. އޭގެ ބަދަލުގައި ކުރިން ރަސްމީކޮށް ލިބިފައިނުވާ ބައެއް ލިބިފައިވާ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެެ.