އެމް.އާރް.އެމްއާއި އެޕާޓީގެ އެކްސްކޯއިން ވަކިވެގެން ދިޔަ މެންބަރުންގެ ބަދަލުގައި އެ މަގާމަށް އައު މެމްބަރުން އައްޔަން ކުރުމުގެ ފުރުސަތު މި ހަފްތްތާތެރޭގައި ހުޅުވައިލާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަލީމް ވިދާޅުވީ އެ ޕާޓީން ވަކިވެގެންދިޔައި މެމްބަރުންގެ ބަދަލުގައި އަދި އެއްވެސް ބަޔަކު އައްޔަކޮށްފައި ނުވާކަމަށެވެ. އެ އަށް މެމްބަރުންނަކީ އެމްއާރުއެމްގެ މެމްބަރުންގެ އިތުރުން އެކްސްކޯގެ ވެސް މެމްބަރުންނެވެ.

ހޯދުމަށް މިޕާޓީއަށް ކޮށްދެއްވާފައި ޚިދުމަތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވަން! އެމް.އާރް.އެމްގެ 8 އިސް މެންބަރުން މިއަދު އެމް.އާރް.އެމް އިން ވަކިވެޑައިގަތުމަކީ އެމް.އާރް.އެމް އަށް ކުރިމަތިވި ވަރަށް ބޮޑު ހިތާމައެކެވެ. އަދި އެބޭފުޅުން ވަކިވެވަޑައިގަތުމާއި ގުޅިގެން އެބޭފުޅުން މިޕާޓީއަށް ކޮށްދެއްވާފައި ޚިދުމަތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވަމެވެ.

  • 1- ޝަޒައިލް ޝިޔާމް – ޕާޓީގެ ނައިބު ރައީސް
  • 2- މުޙައްމަދު ރާއިދު – ޕާޓީގެ އެކްސްކޯ މެންބަރު
  • 3- ތަޒްމީލް އަބްދުލް ޞަމަދު – މެނޭޖިންގ ޑައިރެކްޓަރ އެމް.ޓީ.ޑީ.ސީ
  • 4- އިބްރާހީމް ފަރުހަދު – ޕާޓީގެ ޒުވާނުންގެ ކައުންސިލްގެ ރައީސް
  • 5- އިސްމާއިލް ނާއިލް ނަޝީދު – ޕާޓީގެ ސްޕޯކސް ޕަރސަން
  • 6- މުޙައްމަދު ފައިސަލް – ޑެޕިއުޓީ އެމްބެސެޑަރ އަބޫދާބީ
  • 7- އަބްދުލް ހަމީދު އަޙްމަދު – ޕޮލިސީ އެގްޒެކެޓިވް ޑައިރެކްޓަރ މިނިސްޓަރީ އޮފް ފިޝަރީޒް،
  • 8؛ އެކްސްކޯ މެންބަރު ހަސަން ހައްޔާން އަޙްމަދު

ސަރުކާރުގެ މަގާމްތަކަށް މި ބޭފުޅުން އައްޔަން ކުރުމަށް އެބޭފުޅުންގެ ނަންތައް ސއެމްއާރުއެމްއިން ޕާޓީން މަޤާމުތަކަށް ފޮނުވީ އެބޭފުޅުންނަކީ ޤާބިލް ބޭފުޅުންކަމުގައި ވާތީ ކަމަށެވެ. އެހެންކަމުން އެބޭފުޅުން ފުރުއްވަމުން ގެންދަވާ ސަރުކާރުގެ މަޤާމުތަކުގައި އެބޭފުޅުން ދެމިތިއްބެވުމަކީ އެމް.އާރް.އެމްއިން އެދޭގޮތް ކަމަށް ވެސް ޕާޓީން ބުނެފައިވެއެވެ.

އެކްސްކޯ މެންބަރު ހަސަން ހައްޔާން އަޙްމަދު ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް އިޙްލާސްތެރިކަމާއެކު ޝުކުރުދަންނަވާ ކަމަށް ވެސް އެމްއާރުއެމުން ބުނެފައިވެއެވެ. "މިހުރިހާ ބޭފުޅުންނަށް ވަރަށް ބާއްޖަވެރި ކާމިޔާބު މުސްތަޤްބަލަކަށް އެދެމެވެ. އެމް.އާރް.އެމް ފެށިގެން އައީ އަދި ކުރިއަށްދާނީވެސް ޤައުމީ މަސްލަޙަތު އިސްކޮށް، ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރަމުންނެވެ. އަދި މިމަޤްޞަދު ޙާސިލްކުރުމަށް އެމް.އާރް.އެމްއިން ހުއްޓުމެއްނެތި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ." އެމްއާރުއެމުން ބުނެފައިިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ބޭފުޅުން އެމްއާރުއެމް ދީކޮށްލީ ޗާގޯސް މައްސަލާގައި އެމްއާރުއެމާއި ސަރުކާރު ޚިޔާލު ތަފާތުވުމުންނެވެ.