ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ އޮފީހުން ބުނެފައިވަނީ އެންމެ ދެކުނުގެ ދެ ސިޓީއަށް ރީނދޫ ސަމާލު ނެރުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭތީ ކަމަށެވެ.

މި ސަމާލު ނެރެފައިިވަނީ މިރޭ 7:30 އިން 11:30 އަށެވެ. މިދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަ ދުވަސްވަރެކެވެ. އެހެން ކަމުން މޫސުމަށް ބަަލައިގެން އެންމެން ވެސް ދަތުރުފަތުރު ކުރުމަށް މޫސުމާބެހޭ އޮފީހުގެ އިތުރުން ކަމާބެހޭ އެހެން ފަރާތްތަކުން ވެސް ގެންދަނީ އިލްތިމާސް ކުރަމުންނެވެ. މިހާރު ކުރަމުންދާ ވިއްސާރާގައި ކަނޑުމަތީގެ ހާދިސާތައް ވެސް ވަނީ ހިނގައިފައެވެ. އަދި ބައެއް ރަށްރަށުަގައި ފެންބޮޑުވެ ގޭގެއަށް ވަނީ ގެއްލުން ވެފައެވެ.