ގދ. ފަރެސްމާތޮޑާގައި ހޭންޑްބޯލް ތަމްރީން ކޭމްޕެއް ބާއްވަން ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

މި ކޭމްޕަކީ އެރަށު ކައުންސިލާއި، ހޭންޑްބޯލް އެސޯސިއޭޝަން އާއި ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. މި ކޭމްޕް ފަށަން ހަމަޖެހިފައިވަނީ މި އަންނަ ޖޫންމަހުއެވެ.

މީގެ އިތުރުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31މޭ ވާ ބުދަ ދުވަހުގެ މެންދުރު 14:00 ކުރިން އެރަށު ކައުންސިލަށް ގުޅައިގެން ނަންނޯޓު ކުރެއްވުމަށްވެސް އެކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.

މިއީ ފަރެސްމާތޮޑާއިގައި ހޭންޑްބޯލް ކޭމްޕެއް ބާއްވާ ފުރަތަމަ ފަހަރެއެވެ. އާންމުގޮތެއްގައި އެރަށުގައި ކުޅިވަރުގެގޮތުގައި ކުޅެނީ ވޮލީއެވެ.