ގދ. ފަރެސްމާތޮޑާގެ ހުވަދޫ ސްކޫލް މުވައްޒަފުން ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ޙާއްސަ ހަދިޔާ ދިނުމުގެ އިވެންޓެއް ބާއްވައިފިއެވެ. މި އިވެންޓް ބާއްވާފައިވަނީ މިއަދު މެންދުރު ހާއިރުއެވެ.

މީގެއިތުރުން، މި އިވެންޓްގައި ހަދިޔާ ދިނުމުގެއިތުރުން، އެ ސްކޫލް މުވައްޒަފުންގެ ފަރާތުން ވަނީ ހަނދާނީ ފިލައެއްވެސް އެބޭފުޅުންނަށް ދެއްވާފައެވެ.

ފޮޓޯ/ ޝަޒޫ/ހަލިނިއުސް

ރަށުގެ އެހެން މުއައްސަސާތަކަށް ބަލާއިރު މި ދެ މުއައްސަސާ އަކީ އަބަދުވެސް ރަށުގެ ބާއްވާ އިވެންޓްތަކުގައި ވަރަށް ގުޅިގެން އެކުގައި މަސައްކަތް ކުރާ ދެ މުއައްސަސާއެވެ. އަދި މަސައްކަތްކުރުމުގައި އެއް މުއައްސަސާތަކުގެ ބޭފުޅުން، އަނެއް މުއައްސަސާތަކުގެ ކަންކަމުގައި އެކުވެރިކަމާއެކު އެހީތެރިވެ، އަގުވަޒަންކޮށް ހަދައެވެ.