ގދ. ފަރެސްމާތޮޑާގެ ހުވަދޫ ސްކޫލުގައި ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުޅިވަރު ހަވީރެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ސްކޫލުން ވިދާޅުވެއްޖެއެވެ.

މި ކުޅިވަރު ހަވީރު އޮންނަނީ މިއަދު ހަވީރު 16:00 އިން 18:00 އަށެވެ. އަދި މިއީ ފަރެސްމާތޮޑާގެ އެއާރޕޯޓާއި، ސިއްޙީ މަރުކަޒާއި، އެރަށު ޕޮލިސްސްޓޭޝަންގެ އިތުރުން ހުވަދޫ ސްކޫލާއި ގުޅިގެން ބާއްވާހަވީރެކެވެ.

މީގެއިތުރުން މި އިވެންޓްގައި މި މުއައްސަސާ ތަކުގެ ޙާއްސަ ސްޓޯލްތަކެއް ހުށައަޅާނެ ކަމަށް އެ ސްކޫލުން ވަނީ ވިދާޅުވެފައެވެ.

ފަރެސްމާތޮޑާގައި ކޮންމެ އަހަރަކުވެސް ކުޑަކުދިންގެދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރެއެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ. ނަމަވެސް ރާއްޖޭގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 10 ވަނަ ދުވަހުއެވެ.