އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ނިސްބަތްވާ ބާރަ މަޖިލިސް މެންބަރަކު އަމިއްލައަށް އެމްޑީޕީ އިން ވަކިވެއްޖެއެވެ.
މި 12 މެމްބަރުންގެ އިތުރުން ނަޝީދު ފެކްޝަނަށް ނިސްބަތްވާ އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް އެމްޑީޕީ އިން ވަކިވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީން މިއަދު އިސްތިއުފާދެއްވި ފިކުރެއްގެ ދިރުމުގެ ބޭފުޅުން
- މުހައްމަދު ޝިފާޒް (އެމްޑީޕީގެ ނައިބު ރައީސް)
- އީވާ އަބްދުﷲ (މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު)
- ހަސަން ލަތީފް (ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު)
- އިލްޔާސް ލަބީބް (ހުޅުދޫ ދާއިރާގެ މެންބަރު)
- އިމްތިޔާޒް ފަހުމީ (މާފަންނު އުތުރުދާއިރާގެ މެންބަރު)
- ޔާސިރު އަބްދުއްލަތީފް (ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު)
- މުހައްމަދު ވަހީދު (އުނގޫފާރު ދާއިރާގެ މެންބަރު)
- އިބްރާހިމް ރަޝީދު (މާފަންނު މެދު ދާއިރާގެ މެންބަރު)
- ހަސަން އަފީފް (ވިލުފުށި ދާއިރާގެ މެންބަރު)
- ހުސެއިން ފިރުޝާން (މަޑަވެލި ދާއިރާގެ މންބަރު)
- ހަސަން ޝިޔާން (ތޮއްޑޫ ދާއިރާގެ މެންބަރު)
- މުހައްމަދު ރަޝީދު (މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު)
- އަހްމަދު ޒާހިރު (ގައްދޫ ދާއިރާގެ މެންބަރު)
- ހުސެއިން އަމްރު (އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު)
މިއަދު އެމްޑީޕީން ފިކުރެއްގެ ދިރުމުގެ މި ސާދަ (14) ބޭފުޅުން އިސްތިއުފާދެއްވި އިރު، ރޭގެ ވަގުތެއްގައި، ރައީސް ސޯލިހު ވަނީ މުލިއާގޭގައި އެމްޑީޕީގެ ޕީޖީ ގުރޫޕާ ބައްދަލުކުރައްވައިފައެވެ.