ފިކުރެއްގެ ދިރުމުން މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމައިފިއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިކުރެއްގެ ދިރުމުގެ ފަރާތުން އިންތިހާބުގައި ވާދަކުރަން އިއުލާން ކޮށްފައިވާއިރު، މިފެކްޝަނުން ޕާޓީއެއް އުފައްދަވާނެ ކަމަށްވެސް ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރައްވަނީ އަދި ކޮންބޭފުޅެއްކަމެއް ހާމައެއް ނުކުރައްވައެވެ.

ފިކުރެއްގެ ދިރުމުގެ ސިޔާސީ ހަރަކާތަކީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވުމާއިއެކު އެމްޑީޕީގެ އެތެރޭގައި އުފެދުނު އިތުރު ފެކްޝަނެކެވެ. ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ 14 މެމްބަރުން ވަނީ ޕާޓީންވެސް އިސްތިއުފާދެއްވާފައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ( އެމްޑީޕީ ) އިން މިއަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޓިކެޓް ކާމިޔާބު ކުރައްވާފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއެވެ.