“ފިކުރެއްގެ ދިރުން” ފެކްޝަނަށް ތާއީދު ކުރައްވާ 12 މެމްބަރުން އެމްޑީޕީން ވަކިވިކަން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.

އެމްޑީޕީން ވަކިވި މެމްބަރުން އެކަން ރަސްމީކޮށް ރައްޔިތުންގެ މަޖިލީހަށް މިދިޔަ ބުރާސްފަތި ދުވަހު އަންގާފައިވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވަނީ މިއަދު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 12 މެމްބަރަކު އެމްޑީޕީން ވަކިވެފައިވަނީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިކޮށްފައި ވަނިކޮށެވެ، އަދި އިތުރު ހަތަރު މެމްބަރަކުވެސް އެޕާޓީން ވަކިކުރަން ފަހު އިންޒާރު ދީފައި ވަނިކޮށެވެ.

އެ މެމްބަރުންނާ މެދު ޕާޓީން ފިޔަވަޅު އެޅީ އަސާސީ ގަވައިދާ ޚިލާފަށް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.