ހދ. ކުޅުދުއްފުށީ ގެއެއްގެ ފާހަނަ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީ މީހަކު ފާހަނައަށް ވަދެ ނުނިކުމެ، ޚަބަރެއް ނުވެ ގިނައިރު ވެގެން ބެލިއިރު ފާހަނަ ތެރެއަށް އެމީހާ އޮތީ ވެއްޓިފައި ކަމަށެވެ. އަދި މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު 10:30 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެ މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މީޑިއާ އޮފިޝަލް ވިދާޅުވީ ނިޔާވެފައި ވަނީ 48 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާ، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.