ހުޅުމާލޭ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާ ވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ މެންބަރު ސައުދު މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. ހުޅުމާލޭ ހައިވޭގައި ދުއްވާފައިދިޔަ ޕިކަޕެއްގައި ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ސައުދަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ސައުދަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދެވިފައެވެ. އަދި ލިބިފައިވާ އަނިޔާއާ ގުޅިގެން ސައުދުގެ ސާޖަރީއެއް ހެދުމަށް ދަނީ ތައްޔާރު ވަމުން ކަމަށްވެއެވެ.
ހުޅުމާލޭގެ އެކި ހިސާބުތަކުގައި އެކްސިޑެންޓުތައް ދަނީ ގިނަވަމުންނެވެ. ހާއްސަކޮށް ބުރިޖާއި ހައިވޭ މަތިން އެކިވަރުގެ ކޮންމެވެސް އެކްސިޑެންޓެއް ނުހިނގާ ދުވަހެއް މަދެވެ.