ޗައިނާގެ މުސްލިމުންގެ ޝިންޖިއާން ޕްރޮވިނސްގައި މުސްލިމުން ބަނދުކޮށްގެން ގެންގުޅޭ 380 ޖަލެއް ހަދާފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

އޮސްޓްރޭލިއާއިން ތައްޔާރުކޮށްފައިވާ ރިޕޯޓަކާ ޙަވާލާދީ ބުނެފައިވަނީ ކުރިން ހީކުރި ވަރަށް ވުރެން ފުޅާދާއިރާއެއްގައި މުސްލިމުން ބަންދުކޮށްގެން ގެންގުޅޭ ޖަލުތައް ގިނަ ކަމަށެވެ.

ޗައިނާއިން ބުނަނީ މިފަދަ ތަންތަނަކީ މުސްލިމުންގެ ހައްދުފަހަނަޅައި ދިއުމުގެ ފިކުރުން ބޮލުން ފެހެލައި އެމީހުންނަށް މަސައްކަތް ދަސްކޮށްދީ އުފެއްދުންތެރި ބަޔަކަށް ހެދުމަށް ހިންގާ މަރުކަޒުތަކެއް ކަމުގައެވެ.

ކިޔާލަން: މުސްލިމުންގެ ދަރިފަނި މަރައި އާބާދީ ކޮންޓްރޯލް ކުރުމަށް ޗައިނާއިން މަސައްކަތް ކުރޭ

ކީރިތި ޤުރުއަން ގެންގުޅުމާއި އެއިން ކިޔެވުމާއި ނަމާދަށް އެރުމާއި މިސްކިތަށް ދިއުމާއި ތުނބުޅި ބެހެއްޓުމަކީ ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތައް ކަމަށް ގިންތި ކުރެވެއެވެ.

އޮސްޓްރޭލިއަން ސްޓްރެޓިޖިކް ޕޮލިސީ އިންސްޓިއުޓް (އެސްޕީ)އިން ބުނިގޮތުގައި އެފަރާތުން ހޯދި ހޯދުންތަކުން 380 ޖަލު ހުރިކަން ފާހަގަ ވެފައިވެއެވެ.

އދން ބުނާ ގޮތުގައި މިލިއަން މުސްލިމު އުޚުތުންނާއި އަޚުން މިތަންތާގައި ބަންދުކޮށްގެން ގެންގުޅެއެވެ. މި މީހުންނަކީ ތުރުކީ ބަހުން މޮށެއުޅޭ މީހުންނެވެ. މި ސަރަހައްދުގެ އަސްލު ނަމަކީވެސް އިރުމަތީ ތުރުކިސްތާނެވެ.

ކިޔާލަން: ޗައިނާއިން ޝިންޖިއާންގެ މިސްކިތެއް ފާޚާނާއަކަށް ބަދަލުކޮށްފި

މިދޔަ ހަފްތާގައި ޗައިނާއިން ޝާއިއުކޮށްފައިވާ ހުދު ކަރުދާހުގައި ޝިންޖިއާންގައި ހޯދާފައިވާ ކުރިއެރުންތަކެއްކަމަށް ބުނެ ވާހަކަތަކެއް ހިމަނާފައި ހުއްޓެވެ. އެއިން ދޭހަވާ ގޮތުގައިވެސް މި ޖަލުތަކުގައި ގަދަކަމުން މީހުން ލައްވައި މަސައްކަތް ކުރުވާކަން ހާމަވެއެވެ.

އެސްޕީން ބުނާ ގޮތުގައި ކުރިން ހީކުރި ވަރަށް ވުރެން ޖަލުތަކުގެ އަދަދު އިތުރުކަން ފާހަގަ ވެއެވެ.