ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލާގައި ނައީމާ މަރާލަން ބޭނުން ކުރިކަމަށް ބެލެވޭ ހަތިޔާރާއި ނައީމާއަށް ހަމަލަދިން ވަގުތު އެމީހުން ލައިގެން ތިބި އަންނައުނު ފެނިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިރޭ އިރުއޮއްސި ހަގަޑި ފަންސަވީސް ހާއިރު ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ނައީމާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
އަދި ދާދި ދެންމެއަކު ކޮމިޝަނަރ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ނައީމާމޫސާ މަރާލުމަށް ބޭނުން ކުރިމަކަށް ބެލެވޭ ތޫނު ހަތިޔާރާއި ނައީމާއަށް ހަމަލަ ދިން ވަގުތު ހަމަލަދިން މީހުން ލައިގެން ތިބި އަންނައުނު ވަޅުގަނޑެއް ކޮނެ އެއަށް އަޅައި އަންދާލާފައިވާ ކަމަށެވެ. އަދި އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަކުން މިހާރު ވަނީ އެތަކެތި ކޮނެ ނަގާފައިކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ.
ސީޕީ މިރޭ އިރުއޮއްސުނުތާ މާގިނައިރެއްނުވެ ކޮށްފައިވާ ޓުވީޓުގައި ވިދާޅުވީ ނ.މަނަދޫ ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުން ކަމަށާއި، މިމައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި ކަމަށާއި، އަދި މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން ދާކަމުގައެވެ.
ސޕީ އިތުރަށް ވިދާޅުވީ، މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ގާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަހުރުވެރި ކަމާއެކު ފާހަގަކުރާ ކަމުގައެވެ.
މުޅިން ވަކިން ވަކި ގެއެއްގައި ދިރިއުޅެމުން ދިޔަ އުމުރުން 62 އަހަރުގެ ނައީމާ އަކީ މަނަދޫ ކައުންސިލް އިދާރާގައި ރަށު ތެރެ ސާފުކުރަން އުޅުނު މުވައްޒަފެކެވެ.
މަރުހަބާ ދިވެހި ފަޚުރުވެރި ފުލުހުން!