ކޮވިޑް 19 ގެ ސަބަބުން ވަޒީފާއަށް ބުރޫ އެރި މީހުންނަށް، އަމާޒުކޮށްގެން ޓޫރިޒަމް ދާއިރާގެ ތަމްރީނު ޕްރޮގުރާމްތަކެއް ހިންގައިދޭން ފަރާތްތަކެއް ހޯދަން އިއުލާންކޮށްފިއެވެ.
މި ޕްރޮގުރާމްތައް ހިންގަން ހަމަޖެހިފައިވަނީ ވޯލްޑްބޭންކްއާއި ގުޅިގެންނެވެ. "ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް" ގެ ދަށުން މި ޕްރޮގުރާމްއަށް މީހުން ހޯދަން ހުށަހަޅާފައިވަނީ 12 އޭޕްރިލް 2022ގައި ކުރި އިއުލާނެއްގައެވެ.
މީގެއިތުރުން ޕުރޮގުރާމްގެ އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ހަމަވަނީ 31 ޖުލައި 2023 ގެ ނިޔަލަށެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ގެޒެޓު ކޮށްފައިވާ ލިޔުމަށް ރިޔާތްކޮށް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްް އަންގާފައިވެއެވެ.
އެޕްލިކޭޝަން ފޯމްއާއެކު ހުށަހަޅަންޖެހޭ ލިޔެ ކިޔުންތަކާއި އެހެނިހެން އިއުލާންތައް އިންފޮމޭޝަން ސީޓްގައި ހިމެނިފައިވާނެ ކަމަށް އިއުލާންގައިވެއވެ. ފޯމު ފުރާފައި ހުށަހަޅަން ޖެހެނީ މިނިސްޓްރީގެ އީމެއިލްއަށެވެ.