ޓްރިޕްއެޑްވައިޒަރ 2023 ގެ "ޓްރެވަލާސް ޗޮއިސް އެވޯޑްސް"ގައި ދުނިޔޭގެ އެންމެ މޮޅު އާ ހޮޓަލުގެ އެވޯޑު އޮބްލޫ ސެލެކްޓް "ލޯބިގިލި" އަށް ލިބިއްޖެއެވެ. މާލޭ އަތޮޅުގެ ހިތްފަސޭހަ ހިސާބެއްގައި އޮތް އޮބްލޫ ސެލެކްޓް "ލޯބިގިލި" އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗުގައި ދެވޭނީ 15 މިނެޓުންނެވެ.

ދިވެހިރާއްޖޭގެ ހޮސްޕިޓަލިޓީ ދުވަހުން ދުވަހަަކަށް ކުރިއަރަމުންދާ ކަމުގެ ހެއްކަކީ ގިނަ އާ ހޮޓާ ތަކެއް ހުޅުވިގެން ދިޔުމެވެ. އެގޮތުން އެންމެ މަގުބޫލު ހޮޓެއްލެއްގެ ގޮތުން "ރޫކީ އޮފް ދަ އިޔާ" އޮބްލޫ ސެލެކްޓް ލޯބިގިލި ހޯދާފައިވަނީ މުޅި ދުނިޔެއިން 25 ހޮޓަލަކާ ވާދަ ކުރުމަށް ފަހުއެވެ.

ދަތުރުވެރިންގެ އަހަރުގެ އެންމެ މަތީ ރޭޓިން ލިބިފައިވާ އެކޮމޮޑޭޝަންތައް ކަނޑައެޅުމަށްޓަކައި، ޓްރިޕެޑްވައިޒަރ އިން ވަނީ 1.5 މިލިއަނަށް ވުރެ ގިނަ ހޮޓާތަކަށް ދަތުރުވެރިން ދީފައިވާ 12 މަސް ދުވަހުގެ ރިވިއު ޑޭޓާ (ޖެނުއަރީ 1، 2022 – ޑިސެމްބަރު 31، 2022) ތަހުލީލުކޮށްފައެވެ.

މިއީ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ "ކަލާސް އޮފް އޮބްލޫ" ބްރޭންޑްގެ ދަށުން މާލެ އަތޮޅު ފަޅެއް ހިއްކައިގެން ހިންގާ ރިސޯޓެކެވެ. މި ރިސޯޓު ހިންގަން ފަށާފައިވަނީ މިދިޔަ އަހަރު މާރޗް މަހުގައެވެ.މި ރިސޯޓުގައި މުޅި ޖުމްލަ 68 ވިލާ ހަދާފައިވާ ތަނެކެވެ. އޭގެ ތެރެއިން ބީޗް ވިލާ އަދި ވޯޓާ ވިލާ ހިމެނެއެވެ.

މި ރިސޯޓުން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ "އޮންލީ ބުލޫ"ގެ ނަމަކަށް ކިޔާ ކަނޑުއަޑީގެ ރެސްޓޯރަންޓެވެ. މިއީ ރާއްޖޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓެވެ. މިތަނުގައި ގެސްޓުންނަށް އަދި ޒިޔާރަތް ކުރާ މެހެމާނުންނަށް އެއްވެސް ފިކުރެއް ނެތި ހަމަޖެހިގެން ހަވީރުގެ މީރު ބުއިންތަކާއި ހިތްއެދޭ ކެއުންތަކަށް އިންސާފު ކުރެވޭނެއެވެ.

ޓޭކް އަވޭގެ ހިދުމަތް ލިބޭ 17 ފުޑް ޓްރަކްވެސް މިރިސޯޓުގައި ހުރެއެވެ.