ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު (އޭއައިއޭ)ގެ ބޯޑަށާއި ބިޒްނަސް ސެންޓަ ކޯޕަރޭޝަންގެ ބޯޑަށް ބޭފުޅުން އިއްޔެ އައްޔަންކޮށްފި އެވެ.

އޭއައިއޭގެ ބޯޑަށް އައްޔަން ކުރީ ސ. ފޭދޫ، މޫންލައިޓު ޝަޒުރާ ޝާކިރު އޭއައިއޭގެ ބޯޑަށް އައްޔަން ކޮށްފައިވާއިރު ބިޒްނަސް ސެންޓަރުގެ ބޯޑަށް އައްޔަން ކުރީ މއ. ނޫރީ ލަމްޔާ އިބްރާހިމް އެވެ.

އޭއައިއޭ އަށް އައްޔަން ކުރި ޝަޒުރާ ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައެވެ. މީގެ ކުރިން ޝަޒުރާ ވަނީ ރާއްޖޭގައި ހުންނަ މޮރިޝަސް ކޮމާޝަލް ބޭންކުގެ އެޗްއާރު ރެޕްރެޒެންޓޭޓިވްގެ މަގާމާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖާ އެޑްމިނިސްޓްރޭޝަންގެ މަގާމު ފުރުއްވައިފަ އެވެ.

އޭއައިއޭގެ ބޯޑަށް އައްޔަން ކުރިއިރު ޝަޒްރާ ހުރީ އެފްޖޭއެސް ކޮންސަލްޓިންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރގެ މަގާމުގައެވެ.

ބިޒްނަސް ސެންޓަރުގެ ބޯޑަށް އައްޔަން ކުރި ލަމްޔާ އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންއިން ބެޗްލާ ޑިގްރީ ހާސިލުކޮށްފައިވާ ބޭފުޅެކެވެ.

ލަމްޔާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ އެކި މަގާމުތަކުގައި އުޅުއްވާފައެވެ. އަދި ހަޒާނާ މޯލްޑިވްސް އާއި އެޗްޑީސީ (މިހާރު އާބަންކޯ)ގެ ބޯޑު މެމްބަރުކަން ވެސް ލަމްޔާ ވަނީ ކުރައްވާފައެވެ.