ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކުރި ޕާކިސްތާނު ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 32 އަހަރުގެ ދެފިރިހެނުންނާއި 36 އަހަރު ދެ ފިރިހެނުންނެވެ. އަދި މިހާރު އެމީހުން ތިބީ ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެމީހުންގެ ބަންދަށް ގޮތެއް ނިންމުމުގެ ގޮތުން އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައެވެ.

ކޯޓު އަމުރުގައިވާ ގޮތުގައި، އެ ހަތަރު މީހުން ރާއްޖެ އައިއިރު، އެ މީހުންގެ އަމަލުތައް ހުރި ގޮތުން، ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެންނެ އައިޖީއެމްއެޗަށް ގެންގޮސް، ސްކޭން ކުރެވުނެެވެ. ސްކޭޏޫން ބެލިއިރު ހަށިގަނޑުގެ ތެރޭގައި ފޮރިން ބޮޑީސް ހުރި ކަމަށެވެ.

ނަމަވެސް މި މީހުން ގެނައި މަސްތުވާތަކެތީގެ ބާވަތެއް އަދި ބަރުދަނެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިންވެސް މިހެން ބައިވަރު ފަހަރުތަކުގައި މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވެއެވެ.