ކ. ދިއްފުށި ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.

ޕްލޭނިންގ މިނިސްޓްރީގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފާތިމަތު ޝާނާ ފާރުގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް އެވެ.

މި މަޝްރޫޢުގެ ދަށުން، ދިއްފުށީފައި 22.97 ހެކްޓަރުގެ ބިން ހިއްކުމާއި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 710 މީޓަރގެ ބޮޑުހިލައިގެ ރިވެޓްމަންޓާއި، 670 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޤާއިމު ކުރެވިގެން ދާނެއެވެ. އަދި 270 މީޓަރ ބޮޑުހިލައިގެ ގްރޮއިން އާއި 300 މީޓަރ ގެ ރިވެޓްމަނޓް މަރާމާތު ކުރެވިގެންދާނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 169.9 މިލިއަން ރުފިޔާއަށް 450 ދުވަސްތެރޭގައި ނިންމުމަށެވެ.