އެމްޓީސީސީން ބޭނުންކުރާ އިލެކްޓްރިކް ވެހިކަލް (އީވީ)ގެ މިނީ ބަހަށް ހާއްސަކޮށްގެން މާލޭގައި ފުރަތަމަ ފަހަރަށް ޗާޖިން ސްޓޭޝަނެއް ބަހައްޓައިފިއެވެ.

"ކްލައިމެޓް ޕްރޮމިސް" ޕްރޮޖެކްޓްގެ ދަށުން އެ ޗާޖިން ސްޓޭޝަން ބަހައްޓާފައިވަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި ޓްރާންސްޕޯޓް މިނިސްޓްރީ އަދި ޖަޕާނުގެ އެމްބަސީ ގުޅިގެންނެވެ.

މާލޭގައި ހުންނަ ހުޅުމާލެ ޓާމިނަލްގައި ބަހައްޓާފައިވާ އެ ޗާޖިން ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ, އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ.

ޗާޖިން ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ފަހު އެ ބޭފުޅުން ވަނީ އިލެކްޓްރިކް މިނީ ބަހުގައި މާލޭގައި ދަތުރުކޮށްފައެވެ. މީގެއިތުރުން މާދަމާއިން ފެށިގެން އެ ސްޓޭޝަނުން ހިދުމަތް ދެމުންދާނެ ކަމަށް ވެސް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.