ރަޝިއާގެ ބެލްގޮރޯޑަށް ދިން ހަމަލާގައި ދެ އަންހެނަކު މަރުވެއްޖެއެވެ. ބެލްގޮރޯޑް އޮބްލާސްޓްގެ ޔެވްގޭނީ ސަވްޗެންކޯ ވިދާޅުވީ އެ މީހުން މަރުވީ ކާރެއްގައި މަސްލޯވާ ޕްރިސްޓަން އަވަށް ކައިރިން ދަނިކޮށް ހިނގި ގޮވުމެއްގައި ޝްރެޕްނެލްގެ އަސަރުކޮށްގެން ކަމަށެވެ.

މިކަމާ ގުޅިގެން ޔޫކުރެއިން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ. ނަމަވެސް ކުރިން ބުނެފައިވަނީ އެމީހުން ބޯޓަރު ހުރަސްކޮށް ދޭ އެއްވެސް ހަމަލާއެއްގައި ބައިވެރި ނުވާ ކަމަށެވެ.

މިކަމަށް އެމީހުން ތުހުމަތު ކުރަނީ އެއީ ރަޝިޔާ ސަރުކާރާ ދެކޮޅަށް ގުރޫޕުތަކުން ކުރާ ކަމެއްގެ ގޮތުގައެވެ.

މި ހާދިސާގައި ދެ އަންހެނުން މަރުވި އިރު، އެހެން ކާރެއްގައި ދަތުރު ކުރި ދެ ފިރިހެނުންނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. އެ ތަނުގެ ގަވަރުނަރު ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނުވަ މީހުންނަށް އަނިޔާވި ކަމަށެވެ.

އަދި އެ އަވަށާ ކައިރީގައި އޮންނަ ބްރިޔާންސްކް އަދި ކާސްކް ސަރަހައްދުތަކުގެ އޮފިޝަލުން ބުނީ ދަންވަރު ދިން ޑްރޯން ހަމަލާތަކުގެ ސަބަބުން އިމާރަތްތަކަށްވެސް ގެއްލުން ވެފައިވާކަމަށެވެ.