އެމްޓީސީސީއިން ހއ. ހޯރަފުށީ އެއަރޕޯރޓް ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިއްޖެ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ނިމިފައިކަމަށާއި އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ވަނީ ފެށިފައިވާ ކަމަށްވެސް އެމްޓީސީސީއިން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން، 18,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމާއި، ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުންމި މަޝްރޫއަކީ 5.65 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.