ހުޅުމާލޭގައި ހުންނަ މަގުބައްތިތަކަށް އެންމެ ގިނައިން ދިމާވާ މައްސަލަ އަކީ ކޮނެގެން ކަރަންޓު ނަރު ނަގާ މައްސަލަކަމަށް އާބަންކޯއިން ބުނެފިއެވެ.

މި މައްސަލައާ ގުޅިގެން އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހު ކުރެއްވި ޓުވީޓުގައި ވަނީ ހުޅުމާލޭގެ މަގުތަކުގެ ބައްތިތަކަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ވަޅުލާފައި ހުންނަ ކަރަންޓު ނަރު ކޮނެގެން ވަގަށް ނެގުން ކަމަށެވެ. މިހާރު އެކަމަށް ހައްލު ގެނައުމުގެ ގޮތުން އާބަންކޯއާ ފުލުހުން ގުޅިގެން މަސައްކަތް ކުރާ ކަމަށްވެސް މިމްރާހު ވިދާޅުވިއެވެ.

"ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯދައި ދިނުމުގައި އާބަންކޯގެ ޓީމު ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން،" އޭނާ ވިދާޅުވެފައި ވެއެވެ.