ގދ. ފަރެސްމާތޮޑާ ކައުންސިލާއި އެއަތޮޅު ވާދޫ ކައުންސިލް ގުޅިގެން "ތްރީ އާރު ކްރިއޭޓިވް ކޮމްޕެޓިޝަން" ގެ ނަމުގައި ޚާއްސަ މުބާރާތެއް ބާއްވައިފިއެވެ. މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ބޭއްވި މުބާރާތެކެވެ.

މި މުބާރާތް ނުވަތަ ކޮމްޕެޓިޝަންގެ މަގުސަދަކީ އާއްމުކޮށް އުކާލެވޭ ކުނިތައް މަދުކުރުމަށް ހިތްވަރު ދިނުމެވެ. އޭގެ އިތުރުން ކުނި އަލުން ބޭނުން ކުރެވިދާނެ ގޮތްތަކާއި އެ ކުނިތައް ބޭނުން ކޮށްގެން އާމްދަނީ އިތުރު ކުރެވޭނެ ތަފާތު ގޮތްތަކަށް އަހުލުވެރި ކުރުން ވެސް މަގުސަދުގެ ތެރޭގައި ހިމެނެއެވެ.

ފޮޓޯ- ޝަޒްލާ ހަލިނިއުސް

އިއްޔެ ހަވީރު ވާދޫގައި ބޭއްވި މި މުބާރާތުގައި ފަރެސްމާތޮޑާ އިން ފަންސަތިރީސް ކުދީން ބައިވެރިވިއެވެ. އޭގެ އިތުރުން ވާދޫ އިން ހަތާވީސް ކުދީން ބައިވެރިވިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ސްކޫލު ކުދިންގެ ބަޔަކާއި އާއްމު ރައްޔިތުންގެ ބައެވެ. މި މިބާރާތުން ތަފާތު ގިނަ ވައްތަރުގެ އައިޓަމްސްތައް ފެނިގެން ދިޔައެވެ.

ފޮޓޯ- ޝަޒްލާ ހަލިނިއުސް

މި މުބާރާތުގައި ބައިވެރިވި ސްކޫލް ކުދީންގެ ބަޔާއި އާންމުގެ ބައިން ވެސް ވަނީ ވަނަ ހޮވާފައެވެ. އެގޮތުން އެންމެ މޮޅު އާޓެއް ހޮވައި އެފަރާތްތަކަށް ވަނީ އިނާމު ދީފައެވެ. އަދި އަޔާޑާ މޯލްޑިވްސްއިން ވަނީ

ފަރެސްމާތޮޑާއިން ވަނަތައް ހޯދީ:

  • 1 ވަނަ - ނޫރް ލައުޒާ ޢިއްޒަތު
  • 2 ވަނަ - ނާހިލް
  • 3 ވަނަ - ރާއިދު ޒުބެއިރު
ފޮޓޯ- ޝަޒްލާ ހަލިނިއުސް

ވާދޫއިން ވަނަތައް ހާސިލް ކުރީ:

  • 1 ވަނަ - އައިކް
  • 2 ވަނަ - ފާރިހާ
  • 3 ވަނަ - ގްރޫޕް- ލައިކް، ލައިނާ، ލަނާ މުސްއަބް، ޔޫސުފް އަދި އަލީން.
ފޮޓޯ- ޝަޒްލާ ހަލިނިއުސް

އަޔާޑާ މޯލްޑިވްސްއިން ވަނީ މި މުބާރާތުގައި އެއްވަނަ ހާސިލް ކުރި ފަރާތްތަކަށް އެއްދުވަހުގެ ފީލްޑް ޓްރިޕެއްވެސް ދީފައެެވެ. އަދި އެފަރާތުން ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދިޔަ މި މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އަދި ތީމެއްގެ ގޮތުން މި މުބާރާތައް ދީފައިވަނީ ''ބީޓް ޕްލާސް ޓިކް ޕޮލިއުޝަން'' އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހަކީ ޖޫންމަހު ހަތަރު ވަނަ ދުވަހެވެ.