ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި، ޕާކުކޮށްފައި ހުރި ސައިކަލުތަކަކަށް ގެއްލުންވެއްޖެއެވެ.

ހުޅުމާލޭ ނިރޮޅު މަގުން ދުއްވާފައި ދިޔަ ކާރެއް ޕާކުކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. އަދި ޕާކުކޮށްފައި ހުރި ބައިސްކަލަކަށާއި ސައިކަލުތަކަށް ވަނީ ގެއްލުންވެފައެވެ.

ފުލުހުން ބުނީ ރޭ 20:52 ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި މީހަކަށް އަނިޔާއެއް ނުވާ ކަމަށާއި ނަމަވެސް ހަ ސައިކަލާއި ބައިސްކަލަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.