ރަޝިޔާގެ އަސްކަރިއްޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮތް ޔޫކްރައިނުގެ ޚަރްސަންގައި އޮންނަ ޑޭމްއަކަށް ޙަމަލާދީ ގޮއްވައިލުމާ ގުޅިގެން އެ ސަރަޙައްދުގެ ބޮޑު ބައެއްގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް މިއަދު ލިބިއްޖެއެވެ.

މިހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓް ކޮށްފައިނުވާއިރު، ޑޭމް ގޮއްވާލުމުގެ ތުހުމަތު ރަޝިޔާ އާއި ޔޫކްރައިނުން ދަނީ އެއްބަޔަކު އަނެއްބަޔަކުގެ ބޮލުގައި އަޅުވަމުންނެވެ.

އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ ޑޯމް ގޮއްވާލުމާއި ގުޅޭ އެއްވެސް މައުލޫމާތެއް އދ. އަށް ލިބިފައި ނުވާ ކަމަށާއި އެކަމަކު މިއީ ރަޝިޔާއިން ޔޫކްރައިނަށް އަރައިގަތުމުން ހިނގައިދާ ފަނާކުރުވަނިވި ނަތީޖާ ކަމަށެވެ.

ޚެރްސަން ސަރަހައްދަށް ރަޝިޔާއިން އައްޔަން ކޮށްފައިވާ ޗެއާމަން އަންޑްރޭ އެލެކްސެޔެންކޯ ވިދާޅުވީ މޮސްކޯގެ ޑޭމް ގޮއްވާލުމާއި ގުޅިގެން ޑްނިޕްރޯ ކޯރުގެ ދެކުނު އައްސޭރީގައި އޮންނަ އޮލެޝްކީ ޓައުންގައި ގާތްގަނޑަކަށް މުޅިން ފެންބޮޑުވެއްޖެ ކަމަށެވެ.

"ފެންގަނޑު ހިންދާލެވޭނީ ހަމައެކަނި ހާއްސަ ސާމާނު ބޭނުންކޮށްގެން،" މަދުވެގެން 30 ސެންޓިމީޓަރު (އެއް ފޫޓު) ފުންމިނުގައި ހައިވޭއެއްގައި ދުއްވާ ލޮރީއެއް ފެންނަ ވީޑިއޯތަކެއް ޓެލެގްރާމްގައި އާންމު ކުރައްވައި އެލެކްސެޔެންކޯ ދެއްވި މެސެޖެއްގައި ވިދާޅުވިއެވެ.

ރަޝިޔާ އާއި ޔޫކްރޭން އިން ވެސް ވަނީ ޑޭމް ގޮއްވާލުމާއި ގުޅޭ ގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ބައްދަލުވުމެއް ބާއްވަން ގޮވާލާފަ އެވެ.