މާދަމާއިން ފެށިގެން، އެމެރިކާގައި ޓިކްޓޮކް މާނާވާނެ ކަމަށް އެވެ. ޓިކްޓޮކުން މިއަދު ބުނެފިއެވެ. މިއާއެކު އެމެރިކާގައި ކޮންޓެންޓް އުފައްދައި ޓިކްޓޮކަށް ލާ އެތައް ބައެއްގެ އާމްދަނީ ގެއްލިގެން ދާނއެވެ. އެމެރިކާގެ 170 މީހުން ޓިކްޓޮކް ބޭނުން ކުރެއެވެ.

އެފްބީ ހިންގާ މެޓާފަދަ ބޮޑެތި ކުންފުނިތަކުން ފައިދާގެ މުގާބިލުގައި އެމެރިކާގެ ސެނެޓަރު ޓިމް ކޮޓްން ތައާރަފް ކުރި ބިލުން 19 ވަނަ ދުވަހުން ފެށިގެން އެމެރިކާގައި ޓިކްޓޮކް މަނާވާނެއެވެ.

ޓިކްޓޮކް މަނާ ކުރުމަށް ނިންމުމަށްފަހު ކޮންގްރެސް މެމްބަރު ޓިމް ކޮޓްން ވަނީ މެޓާގެ ހިއްސާތައް ގަނެފައެވެ. އަހަރަކު ދެ ލައްކައަށް ވުރެްނ ގިނަ ޑޮލަރު މުސާރަ ލިބޭ ކޮޓްންގެ މުއްސަނދިކަން ވަނީ އެސާހިތަކުން އެތައް މިލިއަނަށް އިތުރު ވެގެން ގޮސްފައެވެ. އެމެރިކާ ކޮންގްރސްގެ މެމްބަރުން މުއްސަނދި ވެގަންނަނީ ޙިއްސާ ގަނެގެން ނެވެ. އަދި ހިއްސާގެ ބާޒާރަށް އަންނަ ބަދަލު ތަކުންނެވެ.

އެމެރިކާއިން ވަނީ ޗައިނާގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް އިން ޓިކްޓޮކް ފޭރި ގަތުމަށް މަސައްކަތް ކޮށްފައެވެ. މިހާރު ޓިކްޓޮކް ދޫކޮށް ދިޔަ އެމެރިކާ މީހން ވަނީ "ޓިކްޓޮކް ރެފިއުޖީން"ގެ ގޮތުގައި ޗައިނާގެ މަގްބޫލު އެޕް ރެޑް ނޯޓްގައި ބައިވެރިވެފައެވެ.

މިއަދު ވޯލްސްޓްރީޓް ޖާނަލް އިން ބުނެފައި ވަނީ، އެމެރިކާގައި ވީޕީއެން މެދުވެރިކޮށް، ޓިކްޓޮކް ބޭނުން ކުރަން ބޭނުން މީހުން އެމީހުން ބޭނުންކުރާ ވީޕީއެންއަށް ސަމާލުވެ އޭގެ ސައްހަ ކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. ނޫންނަމަ އެމެރިކާގެ ޖާސޫސީ އިދާރާތަކުން ޔޫޒަރުންނަށް ޖާސޫސްކޮށް، ވިއުގަ ފޫއަޅުވާލަން އުޅެދާނެ ކަމަށެވެ.

އެމެރިކާގެ ސިޔާސީ ފަންތީގެ މީހުންގެ އެއްނަންބަރު ހަތުރަކަށް ޓިކްޓޮކް ވެގެން ދިޔައީ ޣައްޒާއަށް ސަޕޯޓުކޮށް ޒަޔަނިސްޓުންގެ ޖަރީމާތައް ބޭޒާރުކޮށް އަޤްޞާ ޠޫފާނުން އެމެރިކާ ސަރުކާރު ބޮލާ ފޮށާއަޅުވާލުމުންނެވެ.