ޒަމާންތައް ބަދަލުވަަމުން އަންނަ ވަރަަކަށް މީހުންގެ ދިރިއުޅުމާ އެކު ޓެކްނޮލޮޖީ ދަނީ ހަލުވި މިނެއްގައި ކުރިއަރަމުންނެވެ. ފެނަކައާ ގުޅުންހުރި ކޮންމެ ދިމާއަކުންވެސް ޓެކްނޮލޮޖީގައި ދުނިޔެ ދެކޭ ކޮންމެ ކުލައެއް އެކުންފުނީގެ ހިދުމަތް ހޯދާ ރައްޔިތުންނަށް ލިބޭނެ މަގުފަހި ކުރުމަށް ކުންފުނިން އިސްކަންދެއެވެ. އަދި އެކަމަށް މަގު ހުޅުވައި، އެކަމެއް ކާމިޔާބުވެސް ކުރެއެވެ.

ހަމައެހެންމެ ފެނަކައިން ރައްޔިތުންނަށް ހިދުމަތްދިނުމަށް އިސްކަންދޭއިރު އެކުންފުންޏާ ދެކޮޅަށް ތަފާތު އެތައް ކަމެއް ވަމުންދާކަން އެއީ ފެންނަން އޮތް ހަގީގަތެކެވެ. ކިތަންމެ ބޮޑު އަދި ކިތަންމެ ދަތި ހާލަތެއް ދިމާވިޔަސް ކުންފުނިން ދަނީ ހިތްވަރާއެކު ކުރިއަށް ސަމާލުވެ ހިތްވަރާއެކު މަސައްކަތް ކުރަމުން އަދި އޭގެ ނަތީޖާ ނެރެމުންނެވެ.

ޓެކްނޮލޮޖީގެ ދުވެލީގައި ފެނަކައިން އޮންލައިން ހިދުމަތް

ފެނަކައިން ކުރިއަރަމުންދާ ޓެކްނޮލޮޖީއާ އެއްވަރަށް އެކުންފުނީގެ ދުވެލި ކުރިއަށް ގެންދާކަން ފާހަގަވާ އެތައް ކަމެއް އެބަހުއްޓެވެ. އޭގެ ތެރެއިންވެސް ރައްޔިތުންނަށް ނުހަނު ބޮޑު އެހީތެރިކަމަކާއި ފަސޭހަތަކެއް ލިބުނު އެއްކަމަކީ އޮންލައިންކޮށް ހިދުމަތް ލިބިގަތުމަށް ހުޅުވުނު ދޮރެވެ.

ދުވަސްތަކެއް ކުރިން ހުރިހާ ހިދުމަތްތަކެއް ހޯދުމަށް ވަގުތުނަގައިގެން ކުންފުންޏަށް ގޮސް ބޭނުންވާ ހިދުމަތެއްގެ މައުލޫމާތު ހޯދައި އެހިދުމަތަކަށް އެދެން އެތައް ހަރުފަތެއް ގިރާ ކުރަން ޖެހުނު މޫސުން ބަދަލުވީއެވެ. ހިދުމަތްތަކަށް އެދެން ފެނަކައަށް ދާން ޖެހޭ ދުވަސްވަރު ބަދަލުވެ، މިހާރު ހުރިހާ ކަމެއްވެސް އޮންލައިންކޮށް ކޮށްލެވެން އޮތުމަކީ މިދެންނެވި މޫސުމް ބަދަލުވުމެވެ. މިހެން ކަންތައްތައް ބަދަލުވުމުން އެންމެ ބޮޑު ފައިދާއެއް އަދި ލުއި ފަސޭހަތަކެއް ވަނީ ރައްޔިތުންނަށެވެ. ކޮންމެ މީހެއްގެވެސް އަމިއްލަ ދިރިއުޅުމުގެ މުހިންމު ކަންތައްތަކެއް ފަހަށް ބާއްވާފަ ގޮސް ކަރަންޓު ބިލް، ފެނުގެ ހިދުމަތް ހޯދުމަށް، ވައިރު ޓެސްޓު ކުރުން ފަދަ ކަންކަން ކުރުމަށް ކިޔުގައި ތިބޭކަށް ނުޖެހެއެވެ.

ޓެކްނޮލޮޖީގެ އަވަސް ދުވެލީގައި ރައްޔިތުންނަށާއި ތިމާވެށްޓަށް ފައިދާ ކުރަނިވި ހޯމްސޯލާ ޕްރޮގްރާމް "އަވިކަތަ"އަކީ ފެނަކައިން ތައާރަފްކޮށްފައިވާ އުންމީދީ އަދި ކާމިޔާބު ޕްރޮގްރާމެއްވެސް މެއެވެ.

ފެނަކައިގެ ހޯމްސޯލާ ޕްރޮގްރާމް "އަވިކަތަ"، ދޭ ހިދުމަތްތައް

އިޔާދަކުރަނިވި ހަކަތަ ފޯރުކޮށްދިނުމުގައި ފެނަކައިގެ މުވައްޒަފުން އަބަދުވެސް ތިބޭނީ ތައްޔާރަށެވެ. ހިދުމަތް ފޯރުކޮށްދިނުމާއި، މަޢުލޫމާތު އޮޅުންފިލުވައިދީ އިރުޝާދު ދިނުމުގައި ފެނަކަ ޓީމުން އެންމެ ފުންމިނަށް އެހީތެރިވެއެވެ. އަދި އަބަދުވެސް އެކަން އޮންނާނީ އެގޮތަށެވެ.

ފެނަކައިގެ އަމާޒަކީ ތިމާވެއްޓާއި ރައްޓެހި އިޢާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމުގައި ހުރި ބުރަތަކަށް ލުއި ގެނުވައިދިނުމެވެ. މި ޕްރޮގްރާމް ބައްޓަންކުރެވިފައިވަނީ ފެނަކައިގެ ހިދުމަތް ހޯދަމުންދާ ކޮންމެ ގޭބިސީއަކަށް ހެޔޮ އަގުގައި ފައިސާ ދެއްކޭނެ ނިޒާމެއްގެ ދަށުން، ސާފު މުސްތަގުބަލެއް ހޯދުމަށް މަގުފަހިކޮށްދޭނެ ގޮތަކަށެވެ.

ނެޓް މީޓަރިންގ ދަށުން ހުރިހާ ކަސްޓަމަރުންވެސް ކުރަންވީކަމަކީ އެޕްލިކޭޝަން ފޯމް ފުރުމާއި، ހޯމް ސޯލާރ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކުރުމެވެ.

ސޯލާ ފޮޓޯވޮލްޓިކް ސިސްޓަމްސް (ޕީވީ) އަކީ 'ވަން-ސައިޒް-ފިޓްސް-އޯލް' ސޮލިއުޝަންއެއް ނޫނެވެ. ކަސްޓަމަރ އެޕްލިކޭޝަން ޕްރޮސެސްކޮށް ނިމުމާއިއެކު، ފެނަކަ ޓެކްނިކަލް ޓީމް ކަސްޓަމަރުންގެ ގެއަށް ދާނެއެވެ. ހަކަތަ ބޭނުންކުރެވޭ މިންވަރާއި ފުރާޅުގެ ޖާގަ، އަދި މިނޫންވެސް އެތައް ކަމެއްގެ މައްޗަށް ބިނާކޮށް، އެތަނަކަށް އެންމެ އެކަށޭނަ ހޯމް ސޯލާ ސިސްޓަމެއް ޑިޒައިން ކުރުމަށް ބޭނުންވާ ހުރިހާ ސާރވޭތަކާއި އެސެސްމަންޓްތައް ތައްޔާރު ކޮށްދޭނެއެވެ.

ސަރވޭ އަދި އެސެސްމަންޓްތައް ނިމި، އިންސްޓޯލް ކުރާނެ ކެޕޭސިޓީ ކަނޑައެޅުމުން އެ ފުރާޅަކަށް ބޭނުންވާ ސޯލާ ޕެނަލްތައް އެ ރަށަކަށް ފޮނުވިގެންދާނެއެވެ. ކަސްޓަމަރުންގެ އަތުން އިތުރު އަގެއް ނުނަގާނެއެވެ. ފެނަކަ ޓެކްނިކަލް ޓީމުން ހިދުމަތަށް އެދޭ ފަރާތުގެ ފުރާޅު އިރުގެ އަލިން ހަކަތަ އުފައްދާ ޕަވަރ ޕްލާންޓަކަށް ބަދަލު ކޮށްދޭނެއެވެ.

ހޯމް ސޯލާ ޕެނަލް ސިސްޓަމް އަހަރީ ގޮތުން ސަރވިސް ނުކުރިއަސް ރަނގަޅަށް މަސައްކަތް ކުރަމުންދާނެއެވެ. ނަމަވެސް ފުރާޅުގައި ސޯލާ ހަރުކުރުމާއިއެކު ފެނަކައިން ދޭ ހިދުމަތް ނުނިމޭނެއެވެ. ފެނަކައިގެ ޓެކްނިކަލް ޓީމް ތިބޭނީ ދިމާވެދާނެ މައްސަލައެއް ހައްލު ކުރުމަށް އަބަދުވެސް ތައްޔާރުގައެވެ.