އިހްތިރާމްގެ ނަމުގައި ދީނީ މިނިވަންކަމަށް ގޮވަން ބަޔަކު ރާވަމުން ދިޔަ ނަމަވެސް އެކަމެއް ކާމިޔާބެއް ނުވާނެ ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލައިގެން އެހެންދީންތަކަށް ރާއްޖޭގައި ފުރުސަތު ދިނުމަށް މުޒާހަރާ ކުރުމަށް ރާވަމުން ދާކަމަށް ދީނީ ޢިލްމްވެރިޔާ ޝައިޚް އިލިޔާސް ހުސައިން ވިދާޅުވެފައިވަނިކޮށެވެ.
އެގޮތުން ޒައިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް އެތައް ޓޫރިސްޓުންނެއް އަންނަ ކަމަށާއި އެހެން ދީންތަކުގެ މީހުންނަށް ދިވެހިން އަބަދުވެސް އިހުތިރާމު ކުރާ ކަމަށެވެ.
ޝައިޚް އިލިޔާސް ވިދާޅުވެފައިވަނީ އޮޅުވާލައިގެން އަޑިނޭގޭ ގޮތަށް މިފަދަ ހަރަކާތްތައް ހިންގިޔަސް ރާއްޖޭގެ ފަސްގަނޑުން އިސްލާމްދީން ނޫން ދީނަކަށް ޖާގަ ދިވެހި ރައްޔިތުން ނުދެއްވާނެކަމަށެވެ.
އިލިޔާސްގެ ވާހަކަތަކާ ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ވަރަށް ރީތި ސާދާ ދިރިއުޅުމެއް އުޅެމުންއައި ބައެއްކަމަށެވެ. އެގޮތުން ދިވެހިންނަކީ އަބަދުވެސް އެހެންދީންތަކަށްވެސް އިޚުތިރާމުކޮށްގެން ސާދާ ދިރިއުޅުމެއް އުޅެމުންދިޔަ އެއްބައިވަންތަ ރައްޔިތަކު ދިރިއުޅޭ ޤައުމެއްކަމަށް ޝިފާޒު ވިދާޅުވިއެވެ.