ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ.

ރޭ ކުރި ޓުވީޓެއްގައި އެސްޓީއޯއިން ބުނީ، ރޭ 12:00 އިން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރަކުން 14 ލާރި އަދި ޑީސަލް ލިޓަރަކުން 63 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.

މީގެ ސަބަބުން ޕެޓްރޯލް ލީޓަރެއް އަގު 15.14 އިން 14.73 ރުފިޔާއަށް ތިރިވާނެއެވެ. ޑީސަލް ލީޓަރެއްގެ އަގު

15،70 އިން 15.07 އަށް ތިރިވާނެއެވެ.

މިދިޔަ މަހުގެ ތެރޭގައި ވެސް އެސްޓީއޯއިން ވަނީ ތެލުގެ އަގުހެޔޮ ކޮށްފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ވަރަށް ބޮޑަށް އުފުލިގެން ދިއުމަށްފަހު، މިހާރު ތެލުގެ އަގު އަންނަނީ ހެޔޮވަމުންނެވެ. އަގަށް އަންނަ ހެޔޮ ބަދަލާއެކު އެސްޓީއޯ އިން ތެލުގެ އަގު އަބަދުވެސް ހެޔޮކުރެއެވެ.