ގދ. ފަރެސްމާތޮޑާ ކައުންސިލްގެ ޤުރްއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފިއެވެ.
ރޭ ހުވަދޫ ސްކޫލު ހޯލުގައި ބޭއްވި މި ރަސްމިއްޔާތު، ޝަރަފްވެރިކޮށްދެއްވީ ޝެއިހް މުޙައްމަދު މަންސޫރް އާދަމްއެވެ.
އެ ކައުންސިލުން ވިދާޅުވީ މި މުބާރާތަކީ ފަރެސްމާތޮޑާ ރައްޔިތުންގެ މެދުގައި ޤްރުއާން ކިޔެވުމުގެ ރޫހު އަށަގެންނެވުމަށާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި ބޭއްވި މުބާރާތެއް ކަމަށެވެ.
އަދި އަހަރަކު އެއްފަހަރު ބާއްވާ މި މުބާރާތަކީ ހުރިހާ އުމުރު ފުރައަކަށްވެސް ބަހައިލައިގެން ކުރިއަށް ގެންދިޔަ މުބާރާތެއް ކަމަށާއި މި މިމުބާރާތުގައި، ހުރިހާ އުމުރު ފުރާއަކުން 01 ވަނަ، 02 ވަނަ އަދި 03 ވަނަ އަށް ދިޔަ ބައިވެރިންނަށްވަނީ ފައިސާއިގެ އިނާމުގެ އިތުރުން ތަށިވެސް ދެއްވާފައިކަމަށް ވެސް އެ ކަައުންސިލުން ވިދާޅުވިއެވެ.
މި މުބާރާތުގައި ވަނަތައް ހާސިލްކުރި ދަރިވަރުން:
- 15 އަހަރުން ދަށުން 1 ވަނަ: ރާހިން ބިން މުޙައްމަދު
- 9 އަހަރުން ދަށުން 3 ވަނަ: އަލީ އަލްސަން ހުސެއިން
- 9 އަހަރުން ދަށުން 3 ވަނަ: ރިޢާ ހަސަން
- 18 އަހަރުން ދަށުން 3 ވަނަ: އާއިޝަތު ނާޔާ މުސްތަސިމް
މި މުބާރާތުގެ ފަނޑިޔާރު ކަން ކޮށްދެއްވައިފައިވަނީ އަލްޤާރީ އަބްދުލް ޖަލީލް އިސްމާއީލް އާއި އަލްޤާރީ ހަސަން ތަޢުފީޤެވެ. އަދި އަލްޤާރީ ހަސަން ތަޢުފީޤްވަނީ ފަރެސްމާތޮޑާގެ ކައުންސިލަށް ޙާޢްސަ ފޮތެއްވެސް (ޤްރުއާން ހިތުދަސް ކުރުމަށް އެހީއެއް) ހަދިޔާ ކުރައްވާފައެވެ.
މި މުބާރާތުގައި ކިޔަވައިފައިވަނީ ޖުމްލަ 25 ބައިވެރިންނެވެ. އަދި މިއީ އެ ކައުންސިލްގެ ތާރީޙުގައި ބޭއްވި މިފަދަ ދެވަނަ ޤްރްއާން މުބާރާތެވެ.