މިދިޔަ އަހަރު ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް އެސްޓީއޯއިން މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ކުރިޔަށް ގެންދިޔަ "ހެއްޔާ މަކިޓާ މުބާރާތް 2022" ގެ ވަނަ ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލު ކޮށްފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔައީ މުޅި ދިވެހިރާއްޖެއަށް ހުޅުވާލައިގެންނެވެ. މުބާރާތުގެ ބައިވެރިންނަށް އިނާމު ހަވާލު ކުރީ މިއަދު އެެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓުގައި ބޭއްވި ހަފްލާއެއްގައެވެ.

މުބާރާތުން އެއްވަނަ ހޯދި ފަރާތަށް 50،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރު މި ހަފްލާގައި ވަނީ ހަވާލުކޮށްފައެވެ. މި މުބާރާތުގެ އެއްވަނަ ހާސިލް ކުރީ ހަސަން ޝާހިދު ތައްޔާރުކޮށްފައިވަނީ ތަފާތު ތަކެތި ހިމެނޭ މަންޒަރެކެވެ.

މުބާރާތުން ދެވަނަ ހޯދީ އުނދޯއްޔެއް ތައްޔާރުކުރި އަހުމަދު ހުސައިން މަނިކުއެވެ. ދެވަނަ އިނާމްގެ ގޮތުގައި އެސްޓީއޯއިން މިފަރާތަށް 30،000ރ ގެ އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް ހަވާލުކުރިއެވެ.

ތިންވަނަ ހޯދައި، 15،000 ރުފިޔާގެ ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރު ހާސިލްކޮށްފައިވަނީ މުހައްމަދު ރަޝީދުއެވެ. މަކިޓާ ޓޫލްސް ބޭނުންކޮށްގެން އޭނާ ތައްޔާރުކުރީ ޑްރެސިން ޓޭބަލެކެވެ.

މި މުބާރާތުގެ ވަނަތައް ހޮވާފައިވަނީ ފަނޑިޔާރުންގެ 70 އިންސައްތަ އާއި އާއްމުންގެ 20 އިންސައްތަ އަދި ހުށަހެޅި ވީޑިއޯއަށް 10 އިންސައްތަ މާކްސް ދީގެންނެވެ.