ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަންމަނިކު، ތުރުކީވިލާތަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ. އިއްޔެ ތުރުކީވިލާތަށް ކުރެއްވި މިދަތުރުފުޅުގައި ތުރުކީގެ ގިރްނޭ އެމެރިކަން ޔުނިވާސިޓީގެ ގްރެޖުއޭޝަން2023ގެ ރަސްމިއްޔާތު އެމަނިކުފާނު ޝަރަފުވެރިކޮށްދެއްވާނެއެވެ.
ޑރ ވަހީދުގެ ޓުވިޓާގައި، 10ޖޫން ގައި ކުރައްވާފައިވާ ޓުވީޓުގައި އެމަނިކުފާނުގެ މިދަތުރުފުޅުގެ ވާހަކަ ވަނީ ވިދާޅުވެފައެވެ. ތުރުކީގެ ގިރްނޭ އެމެރިކަން ޔުނިވާސިޓީ2023ގެ ގްރެޖުއޭޝަން ހަފްލާގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
މިރަސްމިއްޔާތުގައި، އެމަނިކުފާނަށް ޕޮލިޓިކަލް އެންޑް ޕޮލިސީ ދާއިރާއިން އޮނަރަރީ ޕީއެޗްޑީ ލިބިވަޑައިންނަވާނެ ކަމަށްވެސް ޓުވީޓުގައި ޑރ ވަހީދު ވިދާޅުވެފައިވެއެވެ.
2023 ޖަނަވަރީ 12 ގައި ކޮލޮމްބޯގެ "ނެލުމް ޕޮކޮނަ މަހިންދަ ރާޖަޕަކްސަ ތިއޭޓާރ"ގައި އޮތް ސްރީލަންކާގެ މެޓްރޯޕޮލިޓަން ކޮލެޖުގައި 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ވެސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ ޝަރަފުވެރިކޮށް ދެއްވާފައެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާގެ ބައެއް ކެބިނެޓު މިނިސްޓަރުންނާއި ޕާލިމަންޓު މެމްބަރުންނާއި ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
ގިރްނޭ އެމެރިކަން ޔުނިވާސިޓީ އަކީ އުތުރު ސައިޕްރަސްގެ ސިޓީއެއް ކަމަށްވާ ކައިރެނިއާގައި ހުންނަ ނޮން ޕްރޮފިޓް ޔުނިވާސިޓީއެކެވެ. މިއީ އެމެރިކަން ސްޓަައިލް ހަޔަރއެޑިއުކޭޝަން، އެއްގެ ގޮތުގައި 1985 ވަނަ އަހަރު މިސްޓަރ ސެރްހަތު އަކްޕިނާރު އުފެއްދެވި ޔުނިވާސިޓީއެކެވެ.