ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރު ނެރުނުތާ އެތައް އިރެއްފަހުން، (މިޚަބަރު ޝާއިއު ކުރުމުގެ 40 މިނެޓް ކުރިން) މިސްރުގެ ރައީސް އަބުދުލްފައްތާޙު އައްސީސީ ސިފައިންގެ އިސްވެރިންނާއެކު ކުއްލި ބައްދަލު ވުމެއް ބާއްވަވައިފިއެވެ.

މި ބައްދަލުވުމުގައި ސިފައިންގެ ތައްޔާރީ ޙާލަތާ ބެހޭ ގޮތުން ސުއާލު ކުރެއްވި އެވެ. މީޑިއާއިން ބުނާ ގޮތުގައި މިސްރުގެ އާމީ ޗީފް އޮފް ސްޓާފް ލެފްޓިނެންޓް ޖެނެރަލް އަޙުމަދު ޚަލީފާ ވަނީ ރައީސް ސީސީގެ ސުއާލުތަކަށް ޖަވާބު ދެއްވާފައެވެ. މީޑިއާއިން ބުނަނީ ސުއޭސް ކެނަލްގެ އިރުމަތީ ފަޅީގައި ތިބި މިސްރު ސިފައިންގެ ތައްޔާރީ ޙާލަތާ މެދު ރައީސް ސުއާލު ކުރެއްވި ކަމަށެވެ. އަދި މިބައްދަލު ކުރެއްވުމުގައި ދިފާއީ ވަޒީރު ލެފްޓިނެންޓް ޖެނެރަލް ޢަބްދުލްމަޖީދު ޞަޤްރުވެސް ބައިވެރިވެ ވަޑައިގަތް ކަމަށެވެ.

ސީސީ، ސިފައިންގެ ވެރިންނާ ބައްދަލު ކުރެއްވީ ފާއިތުވި ދެ ދުވަސް ތެރޭގައި އިޒްރޭލު މީޑިއާއިން މިސްރާ ދެކޮޅަށް ބަހުގެ ހަނގުރާމައެއް ކުރަމުން ދިއުމާ ގުޅިގެންނެވެ.

އިޒްރޭލު މީޑިއާއިން ވަނީ މި ދިޔަ ހަފްތާގައި މިސްރުން ބޭނުން ކުރަން ފެށި، ކުރިއަރާފައިވާ ދިފާއީ ނިޒާމަކާ ބެހޭ ގޮތުން ފާޑުކިޔައި ވާހަކަ ދައްކާފައެވެ. މިސްރުން ވަނީ ޗައިނާއިން އުފައްދާފައިވާ "އެލްޑީކޭ 190" ގެ ދިފާޢީ ނިޒާމެއް ބަހައްޓާފައެވެ. މިއީ އެވަރުގެ ދެވަނައެއް ނެތް ދިފާޢީ ނިޒާމެކެވެ.

އުތުރު އެފްރިކާއާއި އެފްރިކާ ބައްރުގައި މި ނިޒާމު ބޭނުން ކުރަނީ އަލްޖަޒާއިރުއާއި މިސްރުން އެކަންޏެވެ.

މިނިޒާމަކީ އިލެކްޓްރޯނިކް ހަނގުރާމައިގައި ބޭނުން ކުރާ ރޭޑާ ސިގްނަލް ޖޭމްކޮށް މުވާސަލާތަށް ހުރަސް އަޅައި ސިގްނަލް ޖޭމްކޮށްލާ ނިޒާމެކެވެ. އަދި މިސްރުގެ ނިޒާމުން އިޒްރޭލުގެ ކޮންމެ ސަރަހައްދަކުން ވެސް އަސްކަރީ އުޅަނދުތަކާ މުވާސަލާތު ކުރުމަށް ބޭނުންކުރާ ސިގްނަލް ޖޭމް ކޮށްލައި ބަދަލުކޮށް ލެވިދާނެއެވެ.

އެލްޑީކޭ 190 މަސައްކަތް ކުރާ ގޮތް

އެއަށްފަހު އިޒްރޭލުގެ "އައި24 ނިއުސް"އިން ވަނީ ފާއިތުވި ދެ ދުވަސް މަތިން މިސްރަށް ފުރައްސާރަކޮށްފައިވާ ދެ ސިލްސިލާގެ ޑޮކިއުމެންޓްރީއެއް ގެނަސްދީފައެވެ. މިސްރުގެ "އަލިފާން ފަރުބަދަ" އިގެ ނަމުގައި ގެނަސްދިން ޑޮކިއުމެންޓްރީގައި ބުނެފައި ވަނީ، 7 އޮކްޓޯބަރުގެ މިނިވަންކަމުގެ ހަނގުރާމައަށް ފަހު މިސްރު މީހުން މީސްމިޑިއާގައި އިޒްރޭލަށް ފުރައްސާރަ ކުރާ މިންވަރު އިތުރު ވެފައިވާ ކަމަށެވެ. އަދި މިސްރު ސިފައިންވެސް ކުރިއަށް ވުރެން ބާރުގަދަ ވެފައިވާ ކަމަށާއި ސީސީ މަސައްކަތް ކުރައްވަނީ ސިފައިން އިތުރަށް ބާރުގަދަ ކުރުމަށް ކަމަށެވެ.

މިސްރާއެކު ސުލްހައިގެ އެއްބަސްވުމެއްގައި އޮތްނަމަވެސް އާންމު ޔަހޫދީ އުސޫލުން އިޒްރޭލުން ވަނީ މިސްރަށް ފެން ލިބުން ދަތިކުރުމަށް އިތިއޯޕިއާއަށް ވާގިވެރިވެ، އިތިއޯޕިއާގެ ރެނައިސަންސް ޑޭމް ހެދުމަށް އެހީ ވެދީފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިތިއޯޕިއާގެ ފެނާބެހޭ މިނިސްޓްރީގެ ހަތަރު ބުރީގެ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ތިބެނީ އިޒްރޭލު އެޑްވައިޒަރުންނެވެ. އެމީހުން ވަނީ މިސްރާ ދެކޮޅަށް އިތިއޮޕިއާގެ އާބީ އަހުމަދުގެ ސަރުކާރު ތައްޔާރުކޮށްދީ ފައެވެ.

އޭގެ ބަދަލުގައި މިސްރުން ވަނީ ސޯމާލިއާ އާ ގުޅުން ބަދަހިކޮށް ހަތިޔާރުދީ އިޒްރޭލާ އިތިއޮޕިއާއަށް ރައްދު ދެވޭ ގޮތަށް ސްޓްރެޓެޖީ ބަދަލުކޮށްފައެވެ.