ށ. ނަރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތްވަނީ ފަށައިފައިވާކަމަށް އެމްޓީސީސީއިން، ވިދާޅުވެއްޖެއެވެ

އަދި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ތޭވީސް އިންސައްތަ ފުރިހަމަ ކުރެވިފައި ކަމަށްވެސް އެކުންފުނިން ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން:

  • 51,212 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 4,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން
  • 371 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 205 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 210 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 955 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
  • އަދި ރޭމްޕު ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 41.34 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.