ބަހަކާއި ސައިކަލެއްޖެހި މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލޭގައި އެކްސިޑެންޓުވި ޒުވާނާ ވެންޓިލޭޓަރު އަށް ލައިފިކަމަށް އައިޖީމެޗުން ބުނެފިއެވެ.

އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި، އެ އެކްސިޑެންޓު ހިނގީ ހުޅުމާލެ ދޭއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހަދަމުން އަންނަ "އަމަން އުދަރެސް" ފްލެޓްތައް ކައިރީގައެވެ.

އެކްސިޓެންޑުގައި އަނިޔާވެފައިވަނީ 19 އަހަރުގެ ގދ. މަޑަވެލީގެ ޒުވާނަކަށެވެ.

ހޮސްޕިޓަލުން ބުނީ އެ ޒުވާނާ އަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް އޭނާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ނުދެއެވެ.

ސޯޝަލްމީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަހުގެ މެދުގައި ސައިކަލް ޖެހިފައިވާއިރު އެ ދިމާލުން ބަހުގެ ބިއްލޫރިގަނޑު ވެސް ވަނީ ފުނޑުފުނޑުވެފައެވެ.