ފިނިކުރި ތަރުކާރީގެ ގިނަ ބާވަތްތަކެއް ހެޕީމާކެޓުން ލިބެން އެބަހުއްޓެވެ.

އެއީ ޑެންމާކްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޑެޓް ޝައުބްގެ ތަރުކާރީއެވެ. އޭގެ ތެރޭގައި ބޭބި ކެރެޓު، ބްރޮކޮލީ ސްޕެއަރސް، ކޯލީފުލަވަރ، ބްރަސަލް ސްޕްރައުޓްސް، ގްރީން ބީންސް، ގްރީން ޕީސް، މިކްސްޑް ވެޖިޓަބަލް، ފްރޯޒަން ސްޕިނިޗް، ސްވީޓު ކޯން ހިމެނެއެވެ. މުއީ 2.5 ކިލޯގެ ޕެކެޓުތަކެވެ. މިއީ ރިސޯޓްތަކަށާއި ރެސްޓޯރަންޓްތަކަށް އެންމެ ގިނައިން ބޭނުންވާ ސައިޒެވެ.

މީގެ އިތުރުން ފިނިކުރި ތަރުކާރީގެ 450 ގްރާމުގެ ކުދި ޕެކެޓު ވެސް ހެޕީމާކެޓުން ލިބެން އެބަހުއްޓެވެ. މި ސައިޒްގެ ލިބެންހުރި ބާވަތްތަކަކީ ބްރޮކޮލީ، ގްރީން ޕީސް، މިކްސް ވެޖިޓަބަލްސް، ސްވީޓު ކޯން އަދި ކޯލީފުލަވަރއެވެ.

ޑެޓް ޝައުބް ބްރޭންޑްގެ ފުރެންޗު ފްރައިސް އާއި، ޕޮޓޭޓޯ ވެޖަސްއާއި ހޭޝް ބްރައުންގެ 2.5 ކިލޯގެ ޕެކެޓްވެސް ލިބެން ހުރެއެވެ.

ހެޕީމާކެޓަކީ ފިނިކުރި ކާބޯތަކެއްޗާއި ދުނިޔޭގެ ނަން މަޝްހޫރު އެކި ބްރޭންޑްގެ ކާބޯތަކެތި ގެންގުޅޭތާ 30 އަހަރަށް ވުރެން ގިނަ އަހަރުގެ ތަޖުރިބާ ލިބިފައިވާ ކާމިޔާބު ކުންފުންޏެކެވެ.