ކާފު އަތޮޅު ކޮކޯބޮޑު ހިތިރިސޯޓުގެ ސްވިމިން ޕޫލަކަށް އެރި އުޅުނު ކުޑަ ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ކުއްޖާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ރިސޯޓުގެ މޫދު ކޮޓަރި ޕޫލެއްގައެވެ.

މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ރިސޯޓެއްގެ ސްވިމިން ޕޫލަށް އެރި އުޅުނު ކުއްޖަކު ގެނބިިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް އިއްޔެ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައި ވަނީ އިއްޔެގެ ހާދިސާގައި މަރުވެފައިވަނީ އިންޑިޔާއަށް ނިސްބަތްވާ ކުއްޖެއްކަމަށެވެ. އެއީ އުމުރުުން އަށް އަހަރުގެ އަންހެން ކުއްޖެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީީގުކުރަމުން އަންނަ ކަމަށެވެ.