މިރޭ 7:45 އެހައިކަންހާއިރު މާލެއަތޮޅު ފޭދޫފިނޮޅު ކައިރިން ޑައިވް ދޯންޏަކާއި އުފުއްޔެއް ޖެހި އެކްސިޑެންޓުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވާ ކަމަށެވެ.

އެހެންނަމަވެސް ޑައިވް ދޯންޏަށް ގެއްލުންވެފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދުގައި މެރިން ފުލުހުން ހަރަކާތްތެރިވަމުން ދިޔަ ވަގުތު، ފޭސްބުކް އެކައުންޓުގައި ހިއްސާކޮށްފައިވާ ތަސްވީރުތަކުން ދޯންޏަށް ލިބިފައިވާ ގެއްލުން ސާފުކޮށް ފެނެއެވެ.