ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ޚިދުމަތްތެރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. ފެނާއި ނަރުދަމާއި، ކަރަންޓުގެ ޚިދުމަތަކީ އެކުންފުނީގެ މައިގަނޑު މަސައްކަތެވެ.

އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި އިންޖީނުގެތައް ހިންގަނީ ފެނަކައިންނެވެ. އެއާއެކު ރައްޔިތުންނަށް ފަސޭހަވާ ގޮތަކަށް ޚިދުމަތް ދިނުމަށް އެކުންފުނީން މަސއްކަތް ކުރެއެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއްކަމަކީ ކަރަންޓު ރިޑިން ނެގުމަށްފަހު ވަގުތުން ކަރަންޓު ބިލް އަތަށް ދިނުމެވެ. އެ ބިލުން ފައިސާ ދައްކަންޖެހޭ މިންވަރު އަންގައިދެއެވެ. މިއީ އެކުންފުނީން 2021 ވަނަ އަހަރު ނޮވެންބަރު މަހުގައި ތަޢާރަފްކޮށްފައިވާ ޚިދުމަތެކެވެ. މީގެ އިތުރުން ފެނަކަ އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ބިލަށް ފައިސާ ދައްކާލެވެއެވެ.

މި ކަމުގެ ފައިދާތައް ވަރަށް ގިނައެވެ. މީގެ ސަބަބުން ބިލުގައި ދިމާވާ މައްސަލަތައް ފަސޭހަ ކަމާއެކު ދެނެގަނެވި މައްސަލަ ޙައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅެއެވެ.

ފެނަކައިން 160 އަށްވުރެ ގިނަ ރަށަށް ކަރަންޓުގެ ޚިދުމަތް ދެއެވެ. މި ޚިދުމަތް ތައާރަފްކުރުމާއެކު މިހާރު އެ ރަށްތަކުގެ ރައްޔިތުން ބިލު ދައްކަނީ ގޭގައި ހަމަޖެހިލައިގެން ތިބެ ފަސޭހަކަމާއެކުއެވެ.

ބިލްތައް ދެއްކުމަށް ނުވަތަ އެހެން ހިދުމަތްތައް ހޯދުމަށް އިންޖީނުގޭ ދޮށަށް ހިނގުމުގެ ތަކްލީފު ކުޑަވެ މިއަދު ފެނަކައިގެ ޚިދުމަތްތައް މާ ފަސޭހަވެފައި އަވަސްވެއްޖެއެވެ.