އދ. ހަންޏާމީދޫގައި އިއްޔެގައި އީދު ފާހަގަ ކުރުމުގު ގޮތުން ކޯޑި ޖަހައިފިއެވެ.

މި ރަށުގައި އިއްޔެ ހަވީރު 4:30 ކަންހާއިރު ވަނީ ކޯޑި ޖަހާފައެވެ. ކޯޑީގެ ހަރަކާތްތައް އެކި ރަށްރަށުގައި އެކި ގޮތްތައް ކުރާއިރު މިރަށުގައި ވެސް އެކަން ކުރަނީ ވަރަށް ތަފާތު ކޮށެވެ. އެގޮތުން މިރަށުގައި ކޯޑި ހިފައިގެން ރަށު ބަނދަރު މަގުގައި ފިރިހެނުން ބެރު ޖަހަމުން ހިނގައެވެ.

ހަމަ އެ މަގުގައި އަންހެނުން ތިންމަގޯލި ކުޅެ، ދަފި ބަހައްޓައެވެ. އެ ދަފި ނެގުމަށް ފިރިހެނުން ކޯޑި ކައިރީ ބޭންދުމަށްފަހު ނަށައެވެ. ކޯޑި ޖަހަނީ ކޮންމެ ފަހަރަކުވެސް ކޮންމެ އަންހެނެއް ގަޔަށެވެ. ކޯޑީގެ ޖަހާ ނިމުމުން އެ ކޯޑި ދަނޑިއެއްގައި ފޮތިން އަންހެނުން ވެގެން ބަނދެއެވެ.

ކޯޑި ކުރިމަތީ ދަފި ނެގުން

ކޯޑީގެ ކުޅިވަރަށް ފަހު ރޭ ނަވައެއް ޖެހިއިރު ވަނީ ބޮޑު މަސް ބާނައި، މާލި ނެރިފައެވެ.

މިވެސް މިރަށު މީހުން ތަފާތުކޮށް ކުޅޭ ކުޅިވަރަކެވެ. މާލި ހެދިގެން ކޯޑި ޖެހި މަގުގައި އެމީހުން ނަށާ އެތަކެއް ސަކަރާތެއް ޖަހައެވެ.

މާލި

މާލި ތަށް އެވަގުތުވެސް މަސައްކަތް ކުރަމުންދަނީ މަސް ބޭނުމަށެވެ.މަސް ބޭނުމަށްފަހު ކޯޑި ކެނޑު އޮތެވެ. ކޯޑި ކަނޑަން އަރާ މީހާ ހުންނަނީ ކާކު ކަން ނޭންގޭހެން މާލި ހެދިގެންނެވެ.