ރަހަމީރު ޕާސްތާއެއް ކާލަން ބޭނުން ހެއްޔެވެ؟ އެންމެ އަށް މިނިޓު ތެރޭ ތައްޔާރު ކޮށްލެވޭ ރަހަމީރު ސެންރެމޯ ޗިކަން އެންޑް މަޝްރޫމުފުލެވަރގެ އިންސްޓަންޓް ޕާސްތާ ލިބޭނީ ހެޕީމާކެޓުންނެވެ.

މިއީމަދު މިނިޓުކޮޅެއްގެ ތެރޭގައި ތައްޔާރުކޮށްލެވޭ އަނގަޔަށް މީރު ޕާސްތާއެކެވެ. އަގެއް ބޮޑެއް ނުވާނެއެވެ. ވަގުތު ސަލާމަތް ކުރެވޭނެއެވެ. ކާން ބޭނުންވާ ކޮންމެ ގަޑިއެއްގައި ފަސޭހަކަމާއެކު ތައްޔާރު ކޮށްލެވޭ މި ޕާސްތާ ހެޕީމާކެޓުގެ ފިހާރަތަކުން ފަސޭހައިން ލިބެން ހުންނާނެއެވެ.

ޕާސްތާގެ އިތުރު އެކިވައްތަރުގެ ސޯސްއާއި، ފިނިކުރި ތަރުކާރީ ވެސް ހެޕީމާކެޓުން ލިބެން ހުންނާނެއެވެ. ޑެންމާކުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޑެޓް ޝައުބްގެ ތަރުކާރީގެ ތެރޭގައި ބޭބީ ކެރެޓު، ބްރޮކޮލީ ސްޕެއަރސް، ކޯލިފްލާވަރ، ބާރސަލް ސްޕްރައުޓްސް، ގްރީންބީންސް، ގްރީންޕީސް، މިކްސްޑް ވެޖެޓަބްލްސް، ފްރޯޒަން ސްޕިނިޗް، ސްވީޓް ކޯން ހިމެނެއެވެ.

މިއީ 2.5 ކިލޯގެ ޕެކެޓުތަކެކެވެ. ރިސޯޓުތަކަށާއި ރެސްޓޯރަންޓުތަކަށް އެންމެ ގިނައިން ގެންދަނީ މިސައިޒު ކަމަށް ހެޕީމާކެޓުން ވަނީ ބުނެފައެވެ.

މަޝްހޫރު ހެޕީމާކެޓަކީ ފިނިކުރި ކާބޯތަކެތީގެ ވިޔަފާރީގައި ރާއްޖޭގެ ކުރީ ސަފުގައި ހިމެނޭ ވިޔަފާރި ކުންފުންޏެކެވެ.