ކޮންމެ ކުންފުންޏެއްގެވެސް ކުރިއެރުމާއި އެކުންފުންޏެއްގެ ކާމިޔާބީ ގުޅިފައި އޮންނަނީ ކުންފުނީގައި މަސައްކަތްކުރާ ހީވާގި، ކެރޭ މުވައްޒަފުންނާއެވެ. އެއީ އެންމެ އާދައިގެ މީހާއިން ފެށިގެން އެންމެ މަތީ މަގާމުގައި ހުންނަ މީހާއާ ހަމައަށްވެސް ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭ ކަމުގެ ހެއްކެއްވެސް މެއެވެ. ރާއްޖޭގައި ކުންފުންޏަކުން އަމިއްލަ މުވައްޒަފުން ކުރިއަރުވަން އެންމެ ބޮޑު މަސައްކަތްތައް ކުރާ އެއް ކުންފުންޏަށް ފެނަކަ ކޯޕަރޭޝަން ވާނެއެވެ.
މުވައްޒަފުންނަށް ތަމްރީނު ދިނުމުގައި ފެނަކައިން ވަނީ ހާމަވެ ފެންނަ މިންވަރަކަށް ކުރިއަރާފައެވެ.
ކަރަންޓުގެ ހިދުމަތުގެ އިތުރުން "ގްރީން އެނާރޖީ" (ވޯޓާރ ސުވަރޭޖު އަދި އިޔާދަކުރަނިވި ހަކަތަ) ކުރިއަރުވަން ފެނަކައިން ކުރަމުންދާ މަސައްކަތުގެ އެންމެ ބޮޑު ބައެއް ބުރަވެފައިވަނީ ހުނަރުވެރި މަސައްކަތްތެރިންތަކެއް އުފެއްދުމަށެވެ. އެގޮތުގެ މަތިން ރައްޔިތުންނާ ހިސާބަށް ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި މަސައްކަތްތެރިންގެ ހުނަރު ބޭނުން ކުރުމުގެ ދުރުވިސްނޭ ރޭވުންތެރިކަމެއް ފެނަކައިން ދަނީ ގެންގުޅެމުންނެވެ. މިކަމަށްޓަކައި އައިއެސްއޯ ސްޓޭންޑަޑަށް ކޮމްޕެނީގެ ހިންގުން ފައްތައި، މުވައްޒަފުންނަށް ތަމްރީނާއި ތަރުބިއްޔަތު މަސައްކަތާ އެކަށޭނަ ގުޅޭ މާހައުލުގައި ދީގެން ގެންގުޅުމަށް ފެނަކައިން ވަނީ ހާއްސަ އިސްކަމެއްދީފައެވެ.
ފެނަކައިން އެކުންފުނީގެ މުވައްޒަފުންގެ ފެންވަރު އެކަށީގެންވާ ގޮތެއްގައި ބެހެއްޓުމަށްޓަކައި ގައުމީ ސަނަދު ލެވެލް ތިނެއްގެ ފެންވަރަށް ހިންގާ "އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް" ކޯހުގެ ބެޗްތަކެއް ވަނީ މިއަހަރު ތެރޭގައިވެސް ކުރިއަށް ގެންގޮސްފަައެވެ. މިކަމަށްޓަކައި ރާއްޖޭގެ ކޮންމެ ހިސާބެއްގެ ކޮންމެ ރަށެއްގެ ފަރާތަކަށްވިޔަސް ވަކި ދައްޗެއް ނެތެވެ. މިނިމުނުޖ މެއި މަހު ނޫނާއި ބާ އަތޮޅުގދެ ޓީމްތަކުގެ ތަމްރީންތައް ފަށައިގެން ވަނީ ކުރިއަށްގެންގޮސްފައެވެ.
"އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް އިން ލެވެލް ތިނެއް" ގެ ގައުމީ ސަނަދެއް ލިބުމަށްފަހު އެދާއިރާއިން އިތުރަށް ކުރިއަށްދާކަށް އެއްވެސް ދައްޗެއް ނޯންނާނެއެވެ. ކަމަކަށް ބޭނުންވާ އެންމެ މުހިންމު ކޮޅަކީ އެކަމުގެ ފެށުމެވެ. ތައުލީމާއި ހުނަރަކީ އެލިބިގަންނަ މީހާއަށް ފައިދާވާ ގޮތަށް އެފަރާތުން އެހެންމީހުންނަށްވެސް މަންފާއާއި ލާބަ އޮންނަ ދޭއްޗެވެ. ފެނަކައިން މުވައްޒަފުންގެ ތަރައްގީއާއި ކުރިއެރުމަށް ކުރާ މަސައްކަތަކީ ސާބަހާއި ތައުރީފު ހައްގު މަސައްކަތެކެވެ.