ތ.ތިމަރަފުށީގައި އަލަށް އުފެދުނު ފަޅުމަސް ސްޕޯޓްސް އާއި އާރޫހު ގުޅިގެން މިއަހަރުގެ އަލްހާ އީދު ވަރަށް ކުލަގަދަކޮށް ފާހަގަކޮށް ނިންމާލައިފިއެވެ.

މިއަހަރުގެ އީދު ކުޅިވަރުތަކުގެ ތެރޭގައިވެސް އެކި ކަހަލަ ފޯރިގަދަ ކުޅިވަރުތައް އޮތެވެ.އީދު ކުޅިވަރު ތަކުގެ ތެރޭގައި އީދު ބަޑިރޯކުރުން، ބިރުވެރި ހޮހޮޅަ، ކުޑަކުދިންގެ ހަވީރު، ބޯނަސް މުބާރާތް، ވާދެމުގެ މުބާރާތް، ގިރިސް ދަނޑިއަށް އެރުން އަދި ބޮޑުމަސް ދުއްވުން އޮތެވެ. ވާދެމުގެ މުބާރަތް ބާއްވާފައިވަނީ އަންހެން ފިރިހެން ވަކިންނެވެ. މޮޅުވާ ކޮންމެ ބަޔަކަށް ފައިސާގެ އިނާމު ލިބިގެން ދެއެވެ.

މިއީ ފަޅުމަސް ސްޕޯޓްސް، އާރުހު، ބޮލްސްޓާ ޓީ، ޒާވީ ޕްލަސް އަދި ފޭމްސް ކެފޭގެ ފަރާތުން ދޭ އިނާމުތަކެވެ.

ބޯނަސް މުބާރަތަކީ މިރަށުގައި ވަރަށް ތަފާތުކޮށް ގެންދިޔަ ކުޅިވަރެކެވެ. އެއީ ކާށި އެހުން، ހުނި ގޭނުން، ފުށް މޮޑުން، އުދުން ރޯކޮށް ރޮށި ފިހުން އަދި ކެއުމުގެ މުބާރަތްތަކެކެވެ. މި މުބާރާތުގައި ތިން ވަނައެއް ހޮވިއިރު، މުބާރަތް ސްޕޮންސާ ކޮށްފައިވަނީ ޑެއިޒީ ފްލާވާސް ފިހާރައިންނެވެ.

އަބަދުވެސް ހުރިހާ އުމުރެއްގެ އެންމެނަށް ކަމުދާ "ބިރުވެރި ހޮހަޅަ" މިކުޅިވަރުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. ބިރުވެރިހޮހަައަށް ވަނުމަށް ވިހި ރުފިޔާގެ ޓިކެޓެއް ނަގަން ޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މިފައިސާ ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ހަދިޔާކުރާ ގޮތަށްވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ އެތަނަށް ވަންނަ މީހުންގެ މެދުގައި ގުރުއަތުމެއް ނަގައި އެފަރާތްތަކަށް ވަނީ 6&3 ބްރަދާސް ފިހާރައިން ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.

ނުހަނު ކާމިޔާބުކަމާއެކު "އެމްޖީއެޗް އީދު ރޫހް 1444" ނިންމާލެވުނީ ވަރަށް ބައިވަރު މީހުންގެ އެހީތެރިކަމާއެކު ކަމަށް ފާހަގަކުރެވެއެވެ. މި ފުރިހަމަ އަދި ކާމިޔާބު އީދުގެ ޓައިޓަލް ސްޕޮންސާގެ ގޮތުގައި އެމްޖީއެޗް އިންވެސްޓްމެންޓް، ކޯ ސްޕޮންސާގެ ގޮތުގައި ތިމަރަފުށި ކައުންސިލްއެވެ. މީގެއިތުރުން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް، ރަށު ކައުންސިލް ރައީސް އިސްމާއީލް އިބްރާހީމް، ފަޅުމަސް ތަންގަނޑު އަންހެން އަދި ފިރިހެނުން، ޑެއިޒީ ފްލާވާސް، 6&3 ބްރަދާސް، ބޮލްސްޓާ ޓީ،ޒާވީ ޕްލަސް، ކޮފީޑޯ، ސެލް ޓެކް އެލެކްޓްރޯނިކްސް، މަރިޔާޒް ސްޓޯރ، ފޭމްސް ކެފޭ، އަނާޔާ އިންވެސްޓްމެންޓް އަދި ފުނަގަސް ސަރަހައްދު އަންހެން ކަނބަލުންގެ އެހީތެރިކަން ހިމެނެވެ.

އީދުގެ އިވެންޓް ކިޓް ޕާޓްނާ އަކީ އެއާރޯ ލޮޖިސްޓިކްއެވެ. އަދި ޑިޒައިނިން ޕާޓްނާއެއް ގޮތަށް އެކްސްބީއެޗް މޯލްޑިވްސް ހަމަޖައްސާފައި ވާއިރު، ޕްރިންޓިން ޕާޓްނާއަކީ އަލިމަސް ލިންކްއެވެ.