އައްޑޫސިޓީ ހުޅުދޫ މޫދުގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެެވެ.

ހުޅުދޫގައި މޫދަށް ދިޔަ މީހަކު މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. މީހާ މޫދުން ފެނުނީ މިއަދު ހެނދުނު 11:48 ހާއިރު ކަމަށް ފުލުހުންގެ މައުލޫމާތުގައި ބުނެފައިވެއެވެ.

މިމީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މމިއީ އުމުރުން 78 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.