މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަށް 100،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.

އެމްއޭސީއެލްގެ ފަރާތުން އެ ފައިސާ ކެންސަރ ސޮސައިޓީ އާއި އިއްޔެހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މަހުޖޫބު ޝޫޖާއުއެވެ. ކެންސަރ ސޮސައިޓި އޮފް މޯލްޑިވްސް އިން ފައިސާ އާއި ހަވާލުވެވަޑައިގެންނެވީ ހަޒާންދާރު، ނީނާ މަންސޫރެވެ.

އެމްއޭސީއެލް އިން ވިދާޅުވީ މި އެހީ އަކީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިީ (ސީއެސްއާރ) ގެ ދަށުން ކެންސަރ ސޮސައިޓީއަށް ދިން އެހީއެއް ކަމަށެވެ.

މީގެއިތުރުން މިހާތަނަށް ކެންސަރ ސޮސައިޓީން 20،900 މީހުން ކެންސަރަށް ސްކްރީން ކޮށްފައިވާއިރު މި އަހަރު އެ ސޮސައިޓީން ވަނީ ޕްރޮސްޓޭޓް އަދި ކޮލޮރެކްޓަލް ކެންސަރ ސްކްރީނިންވެސް ތައާރާފްކޮށްފައެވެ.

އެ ކުންފުނިން އިތުރަށް ވިދާޅުވިގޮތުގައި އެކުންފުނިން ވެދިން މި ފައިސާގެ އެހީގެ ސަބަބުން ކެންސަރ ސްކްރީނިން އެޕް އާއި ޑާޓާބޭސް އިތުރަށް ތަރައްޤީކޮށް ސައްހަ ރެކޯޑް ބެލެހެއްޓުމުގެ ނިޒާމަށް އިތުރު ފުރިހަމަ ކަމެއް ގެނެވޭނެއެވެ.