ރާއްޖެއާއި މިސްރުގެ ސިޔާސީ މަޝްއޫރުތަކުގެ ދެވަނަ ބުރުގެ ބައްދަލުވުން މާދަމާ މާލެގައި ބާއްވަން ނިންމައިފި ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ވިދާޅުވެއްޖެއެެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގަންނަވަނީ ޕޮލިޓިކް ކޮންސަލްޓޭޝަންގައި އިސްކޮށް ހުންނަވާ، ސްޓޭޓް މިނިސްޓަރ އަހްމަދު ހަލީލްއެވެ. އަދި މިސްރުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ އެސަރުކާރުގެ މިނިސްޓަރ ފޯ އޭޝިއަން އެފެއާޒް އޮފް ސްޓޭޓް މިނިސްޓަރގެ އެމްބެސެޑަރ އައިމަން ކަމެލްއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ރާއްޖެއާއި މިސްރުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

ސިޔާސީ މަޝްއޫރުތަކުގެ އެންމެ ފުރަތަމަ ބުރުގެ ބައްދަލުވުން ބާއްވާފައިވަނީ 2019 ވަނަ އަހަރުގައި މިސްރުގެ ގާހިރާގައެވެ.