ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒިޔާދުގެ ބައްޕާފުޅު މިއަދު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ޑރ.އަހުމަދު ޒިޔާދުގެ ބައްޕާފުޅު (72އަހަރު)، ބ.އޭދަފުށި.ހަލަވެލި އަބްދުލް ބާޤިރު އަހުމަދުއެވެ.

ބާޤިރު ނިޔާވެފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. ބާޤިރުގެ ޖަނާޒާ އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު ހުޅުމާލެ، މަސްޖިދު ޒައިދުބިން ޘާބިތް (ސަހަރާ މިސްކިތު) ގައެވެ. ޑރ. އަހުމަދު ޒިޔާދުގެ ބައްޕާފުޅު ނިޔާވުމާ ގުޅިގެން "ހަލި" ނިއުސް ޓީމުގެ ފަރާތުން ޒިޔާދުގެ ގެ އާއިލާއަށް ތައުޒިޔާ ދަންނަވަމަވެ.