ބ.ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަަށުން 75 ޕަސެންޓް މަސައްކަތް ނިމިއްޖެކަމަށް އެމްޓީސީސީން ބުނެފިއެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ މި މަސައްކަތުގެ ދަށުން އެއްގަމުތޮށިލުމުގެ މަސައްކަތާއި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި އަދި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 31,222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 187 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1810 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ސްކޯ އޭޕްރަންއެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، މޫރިންގ ރިންގްސް ހަރުކުރުމާއި، ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢަކީ 51.44 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.