ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށްޓަކައި އެމެރިކާގެ ނިއުކޯޔަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ތަފުސީލު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގެވި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކޯޓުން މައްސަލަ ބަލައެއްނުގަތެވެ.

މިއީ ރައީސް ސާލިހު، 2021 ވަނަ އަހަރު ކުރެއްވި ދަތުރުފުޅަކާ ގުޅޭ މައްސަލައެކެވެ. އދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް، އެ މަނިކުފާނު އެ ދަތުރު ކުރެއްވީ ސަރުކާރުގެ އިސް ވަފުދަކާ އެކުގައެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ އެ ދަތުރުފުޅުގެ ތަފުސީލު ހިމެނޭ ރިސިޕްޓުތައް ހާމަކުރުމަށެވެ.

އެހެންކަމުން ދައުލަތުން އެ މައްސަލަ މިދިޔަ މާޗު މަހުގެ 20 ވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމި ނިންމުމަށް ބަދަލުގެންނާނެ ތަނެއް ނެތް ކަމަށެވެ.

މި މައްސަލަ މި މަހުގެ ދެވަނަ ދުވަހު ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހެޅިކ،ި މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ވަނީ ނިންމަވައިފައެވެ.