ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހއ. އުލިގަމަށް ވަޑައިގެން އެރަށުގެ އިންޖީނުގެއާ ފެނަކަ އޮފީސްއިމާރާތް ހުޅުއްވައިދެއްވައިފިއެވެ.
ފެނަކައިން ވިދާޅުވިގޮތުގައި އުލިގަމުގައި ކުރިން ހުރީ 30 އަހަރުވެފައިވާ އިންޖީނުގެެއެއްކަމަށާއި އޭރު އެތަނުގެ ބޮޑުމިނަކީ 40 x 20ft ކަމަށެވެ. އަދި އޭރު އެތަނުގައި މަސައްކަތްކުރަމުން އައީ އެންމެ 4 މުވައްޒަފުންނެވެ.
މީގެއިތުރުން، ފެނަކައިން ވިދާޅުވީ އެ ކުންފުނީގެ އައު އޮފީސް އިމާރާތާއި އިންޖީނުގެއަކީ ޖާގަތަނަވަސް އަދި ބޭނުންވާ ޒަމާނީ ވަޞީލަތްތަކާއެކު އިމާރާތްކޮށްފައިވާ ތަނެއްކަމަށެވެ. އެގޮތުން މި އިމާރަތްތަކުގައި ހިމެނޭ ކޮމްޕޯނެންޓްސްތަކުގެ ތެރޭގައި ސްޓާފް : ސްޓޯރ، ވޯރކްޝޮޕް، އިންޖީން ރޫމް، ކޮންޓްރޯލް ރޫމް ހިމެނެއެވެ.
އަދި އޮފީސް އިމާރާތުގައި ރިސެޕްޝަން، ލޮބީ، މެނޭޖަރ ރޫމް، ޕޭންޓްރީ، ފާހާނާ، މީޓިންގ ރޫމް، ގެސްޓްރޫމް، ސްޓޯރވެސް ހިމެނޭ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއްވިއެވެ.
މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައ އިމާރާތްކޮށްފައިވާ މި އިންޖީނުގެއިން މިހާރު 458 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.